ދިވެހިރާއްޖެ
(IUL)297-PS/297/2025/79ނަންބަރު
އިޢުލާން
1447 ވަނަ އަހަރު ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡުން ހޯދުމާގުޅޭ
1447ވަނަ އަހަރުގެ ރަމަޟާންމަހު ނ.ވެލިދޫ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ދިވެހި ފަރާތްތަކުން، ނުވަތަ ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޑިސެންބަރު 21ވާ އާދީއްތަ ދުވަހުގެ 11:00އަށް އަގުބަޔާންކޮށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ބަލައިގަނެވޭނީ ހުރިހާ ފަރާތްތަކުގެ އެއްހާޒިރުގައެވެ.
ޙާފިޡުން ގެންނަ ފަރާތުން ތިރީގައި ދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.
- ދެކޮޅު ޓިކެޓް ޚަރަދު (ރާއްޖެ ގެނައުމާއި، އެނބުރި ގައުމަށް ދިއުމަށް، ފްލައިޓުން ޚަރަދުވާނެ ވަރު)
- ޙާފިޡް ރަށާހަމައަށް ގެނެސްދީ ގެންގޮސްދިނުމުގެ ޚަރަދު (ރަށަށް ގެނައުމާއި އެނބުރި މާލެދިއުމުގެ ދަތުރު ޚަރަދު)
- މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު
- ވިސާ ދެއްކުމާއި، އިންޝިއުރަންސް ދެއްކުމުގެ ޚަރަދު އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރިކަމުގެ ލިޔުން.
- ހުށަހަޅާ ފަރާތުގެ ނަން، ގުޅޭނެ ނަންބަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކުންފުންޏެއްނަމަ، ރަޖިސްޓްރީގެ ކޮޕީ)
- ތަޖުރިބާގެ ލިޔުމެއް އޮތްނަމަ އެފަދަ ލިޔުމުގެ ކޮޕީ
- އެހެނިހެން (ޙާފިޡުންނަށް ކޮށްދިނުމަށް ބޭނުންވާ އެހެނިހެން ކަންކަން ކޯޓޭޝަންގައި ހިމެނުން އެދެން)
ނޯޓް: ޙާފިޡުން ނެގުމުގައި ދިވެހި ހާފިޡުން ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ޢާންމު ކުރައްވާފައިވާ ނަންބަރު:
(IUL)142-A4/142/2025/321 އަދި (IUL)142-A4/142/2025/232 އިޢުލާނާ އެއްގޮތްވާގޮތުގެ މަތިންނެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މިއިދާރާގެ ނަންބަރު: 6567980 ފޯނާ ގުޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު
- މަސައްކަތް ހަވާލުކުރެވޭނީ ކައުންސިލް އިދާރާގެ އިވެލުއޭޝަން ކޮމެޓީން ކޯޓޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ގިނަ މާކްސް ލިބޭ ފަރާތަކަށެވެ.
- ލިބޭ މާކްސް އެއްވަރު ވެއްޖެނަމަ، މީގެކުރިން ކައުންސިލަށް އިތުބާރާއެކު ޙާފިޡުން ގެނެސްދީފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކޯޓޭޝަންތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
|
ޙާފިޡުން ގެނައުމުގެ އަގަށް |
80% |
|
އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް |
10% |
|
ޙާފިޡުން ގެނައުމުގެ ތަޖުރިބާ |
10% |
ވީމާ މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
