މާވަށު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ މާވަށު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
|
މާވަށު ސްކޫލް |
|
|
|
ލ.މާވަށް |
އިޢުލާން ނަންބަރު: |
GS-49/IU/2025/18 |
|
ދިވެހިރާއްޖެ. |
ޕްރޮކިއުމަންޓް ނަންބަރު: |
GS-49/PROC/2025/02 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2026 ވަނަ އަހަރު މާވަށު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
- 01 ޖެނުއަރީ 2026މ. ން 31 ޑިސެމްބަރ 2026މ. އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް މިޚިދުމަތް ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 10 ން 2025 ޑިސެމްބަރ 16 ގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީކުރާ ފޯމު ފުރިހަމަކުރެއްވުމަށްފަހު ސްކޫލްގެ އީމެއިލް [email protected] އަށް ފޮނުވައިދެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީ ކުރެއްވުމުން ރަޖިސްޓްރީ ކުރެއްވި ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން މެއިލް ފޮނުވޭނެއެވެ. އީމެއިލް ކުރަން ދަތި ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައިވާ ރަސްމީ ދުވަސްދުވަހު 8:00 އިން 14:00 ދެމެދު ސްކޫލް އޮފީހަށް ދުރުވެ ފޯމު ހުށައެޅުއްވުން އެދެމެވެ. ބިޑް ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބިޑް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި ބިޑްގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 ޑިސެމްބަރ 16 ވަނަ ދުވަހުގެ 14:00 ކުރިން [email protected] އީމެއިލް މެދުވެރިކޮށް ނުވަތަ 6800010 ނަންބަރަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 17 ވާ ބުދަ ދުވަހުގެ 13:00 ގައިމާވަށު ސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް އަދި ބިޑް ރަޖިސްޓްރީކުރާ ފޯމު މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
މާވަށު ސްކޫލް، ލ.މާވަށް، ދިވެހިރާއްޖެ.
ފޯން: 6800010 | އީ-މެއިލް: [email protected] | ކޮޕީ-މެއިލް: -
19 ޖުމާދަލް އާޚިރާ 1447
10 ޑިސެމްބަރ 2025
10 ޑިސެންބަރު 2025
ހޯދާ
