މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހއ.އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް(ހއ.ދިއްދޫ)ގެ އިންސްޓިޓިއުޓް ބްލޮކްގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގެ ކްލާސްރޫމްތަކަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމެންޓް އަދި އެހެނިހެން ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

 މި މިނިސްޓްރީގެ ޕީ.އެސް.އައި.ޕީގެ ދަށުން، ހއ.ދިއްދޫގައި ތަރަށްޤީކުރަމުންދާ ހއ.އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގެ ކްލާސްރޫމްތަކާއި އެހެނިހެން ބައިތަކަށް ބޭނުންވާ ފަރުނީޗަރާއި، އިކުއިޕްމެންޓް އަދި އެހެނިހެން ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

ޝައުގުވެރިކަން ފާޅުކުރުމާއި ރަޖިސްޓްރީ ކުރުން

21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހު މެންދުރު 12:00ގެ ކުރިން

ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މެއިލަށް މެއިލް ކުރުން:

[email protected]

ޕްރީބިޑް މީޓިންގް

ތާރީޚް: 14 ޑިސެމްބަރ 2025 އާދީއްތަ

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް.

ޢުމަރު ޒާހިރު އޮފީސް ބިލްޑިންގ، އޯކިޑުމާހިނގުން، 11602، ހުޅުމާލެ، މާލޭ ސިޓީ، ޙާޟީރުވެ. (ޕްރީބިޑް މީޓިންގްގައި ބައިވެރިނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅޭނެއެވެ).

ބީލަން ހުށަހެޅުން

22 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް.

ޢުމަރު ޒާހިރު އޮފީސް ބިލްޑިންގ، އޯކިޑުމާހިނގުން، 11602، ހުޅުމާލެ، މާލޭ ސިޓީ، ޙާޟީރުވެ.

މައުލޫމާތު ސާފުކުރުން

މިބީލަމާއި ގުޅޭގޮތުން މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުނަމަ، [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

 

  މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅޭނީ، މަތީގައި ދެންނެވިފައިވާ ސުންގަޑިއަށް ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ، ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.  މި އިއުލާނާއެކު ބީލަންފޮތާއި، މައުލޫމާތު ޝީޓް  ގެޒެޓް ކުރެވިފައިވާނެއެވެ.

10 ޑިސެންބަރު 2025
ހޯދާ