މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫ ކައުންސިލްގެ މަސް ރޭސް ބާއްވާ ތާރީޚަށް ބަދަލު އައުމާއި ގުޅޭ

އިޢުލާން            

ވާދޫ ކައުންސިލްގެ މަސް ރޭސް ބާއްވާ ތާރީޚަށް ބަދަލު އައުމާއި ގުޅޭ

 

               މިކައުންސިލްގެ ނަންބަރު (IUL)299/299/2025/50(‏03‏ ޑިސެމްބަރ‏ 2025)އިއުލާނުގައިވާ މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު އައިސްފައިވާތީ ދަންނަވަމެވެ. މަސް ރޭސް ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 10 ވާ ހޮނިހިރު ދުވަހުއެވެ.

ވީމާ، މަސް ރޭހުގައި ބައިވެރިވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން             2026 ޖެނުއަރީ 07 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މަސް ރޭހުގައި ބައިވެރިވުމަށް މިހާރު ފޯމު ހުށަހަޅާފައިވާ ޓީމުތަކުން އިތުރަށް ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. އަދި މިހާރު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން، ޓީމަށް ބަދަލު ގެންނަން ބޭނުންވާނަމަ، މިމުއްދަތުގެ ތެރޭގައި ޓީމަށް ބަދަލުގެނައުމުގެ ފުރުސަތު ހުޅުވާލާފައިވާ ވާހަކަވެސް ދެންނެވީމެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

09 ޑިސެންބަރު 2025
ހޯދާ