އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަށް ރޭޑިއަލް ޝޮކްވޭވް ތެރަޕީ (RSWT) ސިސްޓަމްއެއް އަދި ޕޯޓަބަލް އަލްޓްރަރ ސްކޭނަރއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަށް ރޭޑިއަލް ޝޮކްވޭވް ތެރަޕީ (RSWT) ސިސްޓަމްއެއް އަދި ޕޯޓަބަލް އަލްޓްރަރ ސްކޭނަރއެއް  ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން‏ 09‏ ޑިސެމްބަރ‏ 2025‏ ، އަންގާރަ އިން ފެށިގެން‏ 18‏ ޑިސެމްބަރ‏ 2025‏ ، ބުރާސްފަތި ވާ ދުވަހުގެ 13:00އަށް https://forms.office.com/r/T1tDUZd6JS ، މި ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް  ޢިއުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން‏ 18 ޑިސެމްބަރ‏ 2025‏ ، ބުރާސްފަތި ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު‏ 23‏ ޑިސެމްބަރ‏ 2025‏ ، އަންގާރަ ވަނަ ދުވަހުގެ 10:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

09 ޑިސެންބަރު 2025
ހޯދާ