ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް މާރުކޭޓްގެ 07 ނަންބަރު ގޮޅި ކުއްޔަށް ދޫކުރުން

އިޢުލާން

ތާރީޚް:

08 ޑިސެންބަރު 2025

ނަންބަރު:

(IUL)401-E/401/2025/71

18 ޖުމާދުލްއާޚިރާ 1447

އިޢުލާނުގެ ވަނަ:

1

ލޯކަލް މާރުކޭޓްގެ 07 ނަންބަރު ގޮޅި ކުއްޔަށް ދޫކުރުން

 

މިކައުންސިލުން ފޮނަދޫ ބަނދަރުގެ ދެކުނުފަޅީގައި ހަދާފައިވާ ލޯކަލް މާރކޭޓްގެ ގޮޅިތަކުގެ ތެރެއިން 7 ނަންބަރު ގޮޅި ކުއްޔަށް ހިފާފައިވާފަރާތުން ދޫކޮށްލާފައިވާތީ، މިގޮޅި ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ '10×'20 ގެ 1 ގޮޅިއެވެ. ވީމާ، މިގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ހުށަހެޅޭނެ އެންމެ ކުޑަ އަގު އަދި ކުއްޔަށް ދޫކުރާ މުއްދަތު:

  • §     ގޮޅިއެއްގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑައަގަކީ މަހަކު 500.00ރ އެވެ.
  • §       ގޮޅި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މީލާދީ 5 އަހަރު ދުވަހަށެވެ.

ހުށަހަޅާ ބީލަންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

  • §     ހުށަހަޅާ ފަރާތަކީ ފޮނަދޫގެ ރަށްވެއްސެއްނަމަ: 10 މާކްސް
  • §     ހުށަހަޅާ ކުއްޔަށް: 90 މާކްސް (އެންމެ މަތިން ހުށަހަޅާ ފަރާތަކަށް ފުލްމާކްސް އަދި އެއީ ބެންޗްމާކް ކަމަށް ބަލައިގެން އެހެން ފަރާތްތަކަށް މާކްސް ދޭގޮތަށް)

ބީލަމުގައި ރަޖިސްޓްރީވުން:

  • §     ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ހުށަހަޅާ ކޮންމެ ގޮޅިއަކަށް ވަކިން ރަޖިސްޓްރީ ވާންޖެހޭނެއެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދަކީ ބީލަން ހުށަހަޅާ ކޮންމެ ގޮޅިއަކަށް -/150ރ އެވެ.
  • §     ރަޖިސްޓްރީ ވުމަށްޓަކައި 16 ޑިސެންބަރު 2025 ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • §     ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.gle/CjCteDdAD6Ss9Tbt5

މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން:

  • §     މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
  • §     ބީލަމާ ބެހޭ ގޮތުން ތައްޔާރު ކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދިނުމާބެހޭ އުޞޫލް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • §     ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 23 ޑިސެންބަރު 2025 (އަންގާރަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
  • §     ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 23 ޑިސެންބަރު 2025 (އަންގާރަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.

 

 

 

 

 

 

 

 

 

08 ޑިސެންބަރު 2025
ހޯދާ