ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 1)

މަޤާމް:        އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:     01 (އެކެއް)

މުސާރަ:         -/6,185 ރުފިޔާ

ލިވިންގ އެލަވަންސް:    -/3,000 ރުފިޔާ

ރިސްކް އެލަވަންސް:    -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ހދ ގޮފި / ހދ ކުޅުދުއްފުށި

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1- އޮފީސް ހުޅުވާ ލެއްޕުން

2- ގޮފީގެ ރިސެޕްޝަންގައި އަދާކުރަންޖެހޭ މަސައްކަތްތައް ކުރުން. މިގޮތުން ފޯނު ކޯލްތަކަށް ޖަވާބުދިނުން، މައުލޫމާތު ހޯދުމަށް އަންނަ އާންމުންނަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.

3- ގޮތްޕަށް ލިބޭ އެންޓްރީ ބެލެހެއްޓުން- ގޮތްޕަށް ލިބޭ ސިޓީ، މައްސަލަ، މެއިލް އަދި އެހެނިހެން ލިޔެކިޔުންތައް ޗެކްކުރުމަށްފަހު އެންޓްރީކުރުން.

4- ދުވަހު ޔައުމިއްޔާ ލިޔުން.

5- އޮފީހުގެ މަސައްކަތަކަށް ބޭނުންވާ ސްޓޮކް ބެލެހެއްޓުން. އަދި ސްޓޮކް ހުސްވަމުންދާވަރު މޮނިޓަރކޮށް ސްޓޮކް ރިކުއެސްޓް ތައްޔާރުކުރުން.

6- އޮފީހުން ކުރަންޖެހޭ އެޑްމިން ދަތުރުތަކާއި ކޯޓް ދަތުރުތައް ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

7-ޢިމާރާތުގައިވާ އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން އެތަކެތި މަރާމާތުކުރުމުގެ އެންމެހައި މަސައްކަތް ކުރުން.

8- އޮފީހުގެ ކަރަންޓް އިކުއިޕްމަންޓަކަށް/ މުދަލަކަށް/ ވަޞީލަތަކަށް މައްސަލައެއް ދިމާވެއްޖެނަމަ އޮފީހުގެ އިދާރީ ސެކްޝަނާ ގުޅައިގެން މައްސަލަ ހައްލުކުރުން.

9- އޮފީހުގެ ޓްރެއިނިންގ އަދި ވޯކްޝޮޕް ތަކާއި ގުޅޭ އިދާރީ މަސައްކަތްތައްކުރުން.

10- އޮފީހުގެ ތަފާސް ހިސާބު ބެލެހެއްޓުމަށް ތައްޔާރުކުރަންޖެހޭ ޓޭބަލްތައް ފުރިހަމަކުރުން.

11- ގޮތްޕަށް ލިބޭ މައްސަލަތަކާއި މައްސަލަތަކާއި ގުޅިގެން ލިބޭ އިތުރު ލިޔުންތައް އެންޓްރީކޮށް، ލިޔުންތައް ހަމަތޯ އޮފީހުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ޗެކްކުރުމަށްފަހު، އަޕްލޯޑްކުރުން އަދި ލިއުންތައް މަދުވާނަމަ އެފަރާތްތަކަށް އަނބުރާ ފޮނުވާލުން.

12- ގޮތްޕަށް ލިބޭ އައު މައްސަލަތައް ސޮފްޓްވެއަރ އިން ނަންބަރު ދިނުމަށްފަހު އެމައްސަލައިގެ ދަޢުވާލިބޭ މީހުންގެ ކުށުގެ ރެކޯޑް ސާފުކުރުން، ފޯލިއޯ ތައްޔާރުކުރުން އަދި މައްސަލައިގެ ފައިލް ތައްޔާރުކޮށް ޕްރޮސިކިއުޓަރާ ޙަވާލުކުރުން.

13- ޕްރޮސިކިއުޓަރުން މައްސަލަ ތައްޔާރުކޮށް ރިމާކްސް ލިބުމުން ރިމާކްސް އާއި އެއްގޮތަށް އަމަލުކުރުމާއި ފައިލް އަޕްޑޭޓްކުރުން.

14- މައްސަލަތަކާއި ގުޅިގެން ލިޔަންޖެހޭ ސިޓީތަކާއި އެހެނިހެން ލިޔުންތައް އަދި ދައުވާ ފޯމްތައް ތައްޔާރުކޮށް ޕްރޮސިކިއުޓަރ ސޮއިކުރުމުން ކޯޓަށް ފޮނުވުމުގެ އެންމެހައި މަސައްކަތް ކުރުން. 

15- ކޯޓު އަމުރު ލިބުމުން އެ އަމުރުތައް ސިސްޓަމަށް އެންޓަރކޮށް މައްސަލަތައް ވަކީލާ ޙަވާލުކުރުން.

16- ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމާއި އަދި ރިޕޯޓް ލިބުމުން އެމައްސަލައާ އެޓޭޗްކޮށް ޚުލާޞާ ނިންމުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

17- ނިމޭ މައްސަލަތައް އާކައިވް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

18- ޕީޖީ އޮފީހުގެ ގޮފި ތަކުގެ ޕްރޮސިކިއުޝަން ސަޕޯޓް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

19- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:

1. ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 16 ޑިސެންބަރު 2025 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

   2- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.

   3- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 17 ޑިސެންބަރު 2025 – 15 ޖަނަވަރީ 2026 ވަނަ ދުވަހާ ދެމެދު، ހދ ގޮފީގައެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-  ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-  ވަނަވަރު

4-  ދރއ. ކާޑުގެ ކޮޕީ

5-  ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

 

19 ޖުމާދަލްއާޚިރާ 1447

09 ޑިސެންބަރު 2025
ހޯދާ