މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނބުގަސް އިންދަން ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫ ކައުންސިލުން ކާބޯތަކެތީގެ ކަށަވަރުކަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށުގައި އަނބުގަސް އިންދާ ހެއްދުމުގެ މަސައްކަތް ކުރަމުން ގެންދާތީ، ރަށުގެ އެކި ހިސާބުތަކުގައި އަނބު ހެއްދުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 18 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުމަށް ދަންވަމެވެ.

އަދި ދަންނަވަމެވެ. ޝައުގުވެރިކަން ފާޅުކޮށް ނަންނޯޓްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން 21 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި ކައުންސިލްގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައި އޮންނާނެއެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/ZzQZHkmGDm

ރަޖިސްޓްރޭޝަން ސުންގަޑި: 18 ޑިސެންބަރު 2025، 14:00

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ޑިސެންބަރު 2025
ހޯދާ