މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދެއްވާނެ ފަރާތްތަކެއް ހޯދަން

މިމަދަރުސާގެ އިޢުލާން ނަންބަރު GS-82/2015/22ފ(26 އޮކްޓޫބަރު 2015) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިމަދަރުސާގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތަކެއް ހޯދަން ވަނީ ބޭނުންވެފައެވެ.

1. ކޮމްޕިއުޓަރ ލެބް އަސްކެނި ސީލިންގ މަރާމާތުކުރުމާއި 4 ކްލާސްރޫމުގައި މުށިޖެހުން.

2. އިމާރާތްތަކުގައި ކުލައާއި ދަވާދުލުން އަދި ބްލޮކް 2ގެ ކްލާސްރޫމުގެ ޓިނު ބަދަލުކުރުން.

މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 19 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ ސިޓިއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ އަދި އައިޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މައުލުމާތު ސާފުކުރެއްވުމަށްފަހު 23 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތެއް ވަކިވަކިން ކަމުގައި ދަންނަވަމެވެ.

12 ނޮވެންބަރު 2015
ހޯދާ