މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ނަސްފަރު އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީ ބާޠިލް ކުރުމާބެހޭ

މ.ނަސްފަރު އެވެ، ކިޔާ ޢިމާރާތާއި ގޯތީގެ ވެރިފަރާތެއް ކަމުގައިވާ އަލްމަރްޙޫމް މުޙައްމަދު އާޞިމްގެ ތަރިކަ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 3967-CVC-2023 ޤަޟިއްޔާއިން ޝަރީޢަތް ނިންމަވާފައިވާގޮތުގެ މަތިން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބަދަލުކުރުމަށް އެދި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ، މ.ނަސްފަރު އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.20726 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ މި އިދާރާއަށް ހުށަހެޅުމަށް އަންގާފައިވީ ނަމަވެސް، މި ރަޖިސްޓަރީގެ އަޞްލު ލިބިފައި ނުވާތީ، މިރަޖިސްޓަރީ ބާޠިލުކޮށް، ސިވިލް ކޯޓުން ނިންމަވާފައިވާ ޤަޟިއްޔާގެ ޝަރީޢަތް ނިންމަވާފައިވާ ގޮތަށް މ.ނަސްފަރު އެވެ، ކިޔާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަށް ގެންނަންޖެހޭ ބަދަލު ގެނެވޭނެކަން ޢާންމުކޮށް އަންގާ ޢިއުލާންކުރީމެވެ.

09 ޑިސެންބަރު 2025
ހޯދާ