ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންކުއަރީ ހެދުމުގެ ހުއްދަ ހޯދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ހުށަހެޅުމުން އިންކުއަރީ ހެދުމަށް ނިންމާ، އިންކުއަރީ ހެދުމުގެ ހުއްދަ 2025 ޖޫން 29 ވަނަ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ވަޒީރު ދެއްވާފައިވާތީ ކުރިއަށް ގެންދެވުނު ހޯރަފުށީ ކައުންސިލުގެ އިންކުއަރީ ރިޕޯޓެވެ.
މި އިންކުއަރީ ކުރިޔަށް ގެންދިއުމުގައި މައްސަލަ ރައްދުވާ ހޯރަފުށީ ކައުންސިލުގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުޞަތު ދީފައިވާނެއެވެ. އޭގެ އިތުރުން، މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ހޯރަފުށީ ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މަޢުލޫމާތު ސާފުކޮށްފައިވާނެއެވެ. އަދި މި މައްސަލަތަކާ ގުޅޭ މައުލޫމާތާއި ލިޔެކިޔުންތައް ހޯރަފުށީ ކައުންސިލުގެ އިދާރާއިން ހޯދާފައިވާނެއެވެ.
މީގެ އިތުރުން ހޯރަފުށީ ކައުންސިލުގެ އިންކުއަރީން ފާހަގަ ކުރެވުނު ކަންކަމުގެ ބަޔާނާ މެދު ޖަވާބުދާރީވުމަށް ރަސްމީ 7 (ހަތެއް) ދުވަހުގެ ފުރުޞަތެއް ހޯރަފުށީ ކައުންސިލުގެ މެންބަރުންނަށް ދީފައިވާނެއެވެ. ޖަވާބުދާރީވުމަށް ދިން ފުރުޞަތުގައި، ހޯރަފުށީ ކައުންސިލުން އިންކުއަރީ ރިޕޯޓަށް ޖަވާބުދާރީ ވެފައިވެއެވެ.
ހޯރަފުށީ ކައުންސިލުގެ އިންކުއަރީން ބަލާފައިވާ މައްސަލަތައް
ހޯރަފުށީ ކައުންސިލުން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ޤާނޫނާއި ގަވާއިދާއި ޚިލާފަށް ކޮރަޕްޝަނަށް މަގުފައިވާގޮތަށް 5000 (ފަސްހާސް) އަކަފޫޓުގެ ބިމެއް ދީފައިވާކަމަށް ބުނެ މި އޮތޯރިޓީއަށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއާއި، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ލާމަރުކަޒީ ޤާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ގަވާއިދާ، އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންކަން ކުރަމުންދާކަމަށް ބުނެ މި އޮތޯރިޓީއަށް ހުށަހެޅިފައިވާ ޝަކުވާތަކާއި އެކު ޖުމްލަ 08 މައްސަލައެއް އިންކުއަރީގައި ބެލިފައިވެއެވެ. އެ މައްސަލަތަކަކީ:
- ތިލަ އުތުރު އަންހެނުންގެ ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފާށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ޚަރަދުކޮށްފައިވާ މައްސަލަ،
- ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން (ލޭންޑް ޔޫޒްޑް ޕްލޭން) އާއި ޚިލާފަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ރަށުގެ ގޯތިތަކާއި އިންވެގެން އޮންނަ ހުސް ބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވާ މައްސަލަ،
- މާލިއްޔަތު ގަވާއިދާ ޚިލާފަށް 2023 ވަނަ އަހަރު ހއ.ހޯރަފުށީ ކައުންސިލުން ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ،
- 1446 ވަނަ އަހަރު އަޟްހާ އީދު ކުޅިވަރާއި، ސްޓޭޖުލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ޚިލާފަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ޚަރަދު ކޮށްފައިވާ މައްސަލަ،
- ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމެޓީގައި ތިބޭކަމަށް ބުނެ މިއޮތޯރިޓީއަށް ހުށަހެޅިފައިވާ މައްސަލަ،
- ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ފޯރުކޮށް ނުދޭ މައްސަލަ.
- 1446 ވަނަ އަހަރުގެ އަޟްޙާއީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރިކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓްކޮށްގެން ގިނަ ޢަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ޤާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާކަމާއި އަދި އެތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ.
މައްސަލައާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުން ނިންމެވި ގޮތް
ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ހިންގި އިންކުއަރީއިން، ޤާނޫނު ނަންބަރު 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ވ) އަދި (މ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި، ބުނެވެދިޔަ ޤާނޫނުގެ 131.5 ގައި ބަޔާންކޮށްފައިވާ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމާއި، އަދި އޮތޯރިޓީގެ އެންގުމަށް ޢަމަލުނުކުރަން ކައުންސިލުގެ ޖަލްސާއަކުން ނިންމާފައިވާކަން އެނގެން އޮތަތީ، މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ހޯރަފުށީ ކައުންސިލާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެކަމަށް ފެންނާތީ،
މި މައްސަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ ރައީސް ކަމަށްވާތީ، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ވ)،(މ) އަދި 131.5 ވަނަ މާއްދާ އާއި ކައުންސިލުގެ ރައީސް ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ބ) ދަށުން މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށާއި،
ބަޔާންކުރެވުނު މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ހޯރަފުށީ ކައުންސިލުގެ ނައިބު ރައީސް އަޙްމަދު އިމްދާޙު، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
ބަޔާންކުރެވުނު މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ހޯރަފުށީ ކައުންސިލުގެ މެންބަރު އިބްރާހީމް ޝާކިރަށް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
ބަޔާންކުރެވުނު މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ހޯރަފުށީ ކައުންސިލުގެ މެންބަރު މަރްޔަމް ވަކީލާއަށް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
ބަޔާންކުރެވުނު މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ހޯރަފުށީ ކައުންސިލުގެ މެންބަރު އާމިނަތު ވިސާމާއަށް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް،
ބަޔާންކުރެވުނު މައްސަލަތަކުގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ހޯރަފުށީ ކައުންސިލުގެ މެންބަރު އާމިނަތު ނާސިހާއަށް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
ބަޔާންކުރެވުނު މައްސަލައިގެ މައްޗަށް ބަލާއިރު ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަންކަން އެމަގުން ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް ފަރާތަކީ ކައުންސިލަރުން ކަމަށްވާތީ، ކައުންސިލުގެ މެންބަރު ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 5-131 ވަނަ މާއްދާއާއި ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީއާއި އަދި މައްސަލަތަކުގެ ކުޑަބޮޑުމިނަށް ބަލާ ހޯރަފުށީ ކައުންސިލުގެ މެންބަރު އަޙްމަދު ރައޫފަށް، ޤާނޫނު ނަންބަރު: 7/2010 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 4-131 ވަނަ މާއްދާގެ (ށ) ދަށުން ނަސޭޙަތްތެރިވުމަށް.
އަދި އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން މި ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލްއާއި އަދި އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، 2025 ޑިސެމްބަރ 08 ވަނަ ދުވަހު ބޭއްވި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ 2025 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރި ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 62 ވަނަ މާއްދާގެ (ޅ) ގެ ދަށުން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރީމެވެ.
