އިޢުލާން
|
|
މަޤާމު:
|
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓަންޓް
|
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކު:
|
ޕަބްލިކް ސާވިސް ރޭންކް 3
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޖުޑީޝަލް ސަޕޯޓް އެސިސްޓަންޓް
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓު/ ގދ.ވާދޫ
|
|
މުސާރަ:
|
-/8،520 ރުފިޔާ
|
|
އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:
|
- މަގާމުގެ އެލަވަންސް: -/2،560 ރުފިޔާ
- ހާޞިރީ އިނާޔާތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/70 ރުފިޔާ
- ޖުޑިޝިއަރީ ކޮންޓިނިއުޓީ އެލަވަންސް: -/120 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
ޝަރީޢަތާއި ގުޅުން ހުރި މަސައްކަތްތައް
- ކޯޓަށް ހުށަހެޅޭ މައްސަލަތައް ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ބަލައިގަނެ، މައްސަލަތައް ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއަށް އެޅުން.
- ކޯޓަށް ހުށަހެޅޭ މައްސަލަ ތަކާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަ ކުރުމާއި ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓު ފޮނުވުން.
- ކޯޓަށް ޙާޟިރު ކުރަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ކޯޓަށް ޙާޟިރުވުމުގެ އަމުރު ތައްޔާރުކޮށް ފަނޑިޔާރު އަންގަވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
- ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން ޙާޟިރުވާ މީހުންގެ ޝަރީޢަތުގެ މަޖުލިސް ތައްޔާރުކޮށް ފަނޑިޔާރު އަންގަވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
- ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުމުން ގަޑިޖެހިގެން ކޯޓަށް ޙާޟިރުވާ މީހުންގެ ތެރެއިން ޖޫރިމަނާކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުން.
- ނިމޭ މައްސަލަތަކުގެ ރިޕޯޓް ލިޔުމާއި، ނިމޭ ޤަޟިއްޔާ ނޯޓުކުރާ ފޮތަށާއި، ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޮތަށް މަޢުލޫމާތު ނަގައި ފުރިހަމަކޮށް ބެލެހެއްޓުން.
- މަޙްޟަރު ބަޔާންތައް ލިޔެ ބެލެހެއްޓުން.
- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޤަވާޢިދުން ލިޔެ ބެލެހެއްޓުން.
- އަދަބު ކަނޑައެޅޭ މައްސަލަތަކުގެ ކުށުގެ ރެކޯޑާއި، ޤާނޫނާއި ޚިލާފަށް ކުރާ ވަރީގެ ރެކޯޑް ކަމާބެހޭ ފަރާތްތަކަށް ލަސްނޮކޮށް ފޮނުވާ ބެލެހެއްޓުން.
- އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް އަންނަ މެސެޖުތަކާއި ގުޅިގެން ބަޔާން ނެގުމަށް ހަމަޖައްސަންޖެހޭ އިންތިޒާމް ހަމަޖައްސައި އެފަރާތްތަކަށް ޖަވާބު ފޮނުވުމާއި، އެހެނިހެން ކޯޓްތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ވީޑިއޯކޮންފަރެނެސް މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން.
- އަދަބު ކަނޑައެޅޭ މައްސަލަތަކުގެ ހުކުމް ތަންފީޒު ކޮށްދެއްވުމަށް ދަންނަވާ ޗިޓް ލަސްނޮކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
- ކޯޓަށް ހުށަހެޅޭ ވަރި ކާވެއްޏާ ބެހޭ އެންމެހާ ކަންތައްތަކުގެ ތެރެއިން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހާ ކަންތައް ބެލެހެއްޓުން.
- ޝަރީޢަތުގެ މަޖުލިސް ޚުލާސާ ލިޔަންޖެހޭ މައްސަލަތަކުގެ ޚުލާސާ ލިޔެ ފައިލްކުރުން.
- އޯޑިއޯ ވީޑިއޯ ރެކޯޑް ބަޔާންތައް ޓައިޕްކޮށް ފައިލް ކުރުން.
- ދުވަސްވީ ޝަރުޢީ ލިޔުން ހޯދުމަށް އެދޭ ފަރާތްތަކަށް ލިޔުން ދޫކުރުމާއި ބެހޭ ކަންތައްތައް ޤަވާޢިދާއި އެއްގޮތަށް ބެލެހެއްޓުން.
- ކޯޓުން ނިންމާ މައްސަލަތަކުގެ ފައިލް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ރަމަޟާން މަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާބެހޭ އެންމެހާ ކަންތައްތައް ހަމަޖައްސާ މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ރަނގަޅަށް އިންތިޒާމްކޮށް ބެލެހެއްޓުން.
- ފައިލްކުރަންޖެހޭ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.
ޖެނެރަލް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް
- ކޯޓު ހުޅުވާ ލެއްޕުމުގެ އިންތިޒާމު ހަމަޖައްސާ، ކޯޓު ހުޅުވާ ލެއްޕުން ޙަވާލުކޮށްފިނަމަ ކޯޓު ހުޅުވައި ބަންދުކުރުމުގެ ކަންތައްތައް ކުރުން.
- ކުށުގެ ރެކޯޑް ސާފުކުރުމަށް ލިބޭ ލިޔުންތަކަށް އަވަހަށް ޖަވާބު ދިނުން.
- ކޯޓަށް ލިބޭ ހުރިހާ ލިޔުންތައް އެންޓްރީކޮށް ބެލެހެއްޓުން.
- ކޯޓުން ބޭރުކުރަންޖެހޭ ސިޓީ ނުވަތަ މެސެޖު ފަދަ ލިޔުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ތަފާސް ހިސާބު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުން.
- މެޖިސްޓްރޭޓުންގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެއްސުން.
- ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފައިލްކޮށް ބެލެހެއްޓުން.
- ކޯޓުން އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތައް ޤަވާޢިދުން ރައްދުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
- މިނޫންވެސް، ކޯޓުގެ ޢާންމު އިދާރީ މަސައްކަތާ ގުޅުންހުރި އެންމެހާ މަސައްކަތް ހިންގާ ބެލެހެއްޓުން.
ޕްރޮކިޔުމަންޓް އަދި ފައިނޭންސްގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް
- ކޯޓަށް ގަންނަތަކެއްޗާއި، ލިބޭތަކެތީގެ ސްޓޮކް ބެލެހެއްޓުން.
- ކޯޓުގެ އިންވެންޓްރީ ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ނީލަމަށް ފޮނުވަން ޖެހޭތަކެތި ނީލަންކިއުމާއި، އެކަމާއި ގުޅޭ އެންމެހާ ކަންތައްތައް ކުރުމާއި ބެލެހެއްޓުން.
- ކޯޓުގެ މެޝިނަރީއާއި، ދުއްވާތަކެތި މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓުން.
- ކޯޓުގެ ފައިސާއާއިބެހޭ އެންމެހައި ކަންތައްތައް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ދަޢުލަތު މާލިއްޔަތު ޤަވާޢިދާ އެއްގޮތަކަށް ކުރުން.
- ކޯޓަށް ލިބޭ ފައިސާ ބަލައިގަތުމާއި ރަސީދު ހެދުމާއި، ފައިސާއާއި ބެހޭ އެންމެހައި ފޮތްތައް ފުރިހަމަކޮށް ބެލެހެއްޓުން.
- ކޯޓުން އެކިފަރާތްތަކާއި ޙަވާލުކުރަންޖެހޭ އެންމެހައި ފައިސާ ޤަވާޢިދުން އެފަރާތްތަކާއި ޙަވާލުކުރުން.
- ކޯޓުގެ ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއެކު، ތިޖޫރީ ރިޕޯޓް ޤަވާޢިދުން ހެދުމަށްފަހު ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
- ފައިސާއި ބެހޭ އެންމެހައި ރިޕޯޓްތައް ހެދުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުއްވުމަށް ހަމަޖައްސާފައިވާ ދުވަހަށް ޤަވާޢިދުން ރިޕޯޓްތައް ފޮނުވުން.
- ފައިސާއާއިބެހޭ އެންމެހައި ލިޔުން ނުވަތަ ރިޕޯޓުތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
- ޗީފް އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
- ކޯޓުން ކުރަންޖެހޭ ދަތުރުތައް ގަވާއިދާއި އެއްގޮތްވާގޮތުގެ މަތީން އިންތިޒާމްކޮށް ދަތުރުތަކުގެ ރެކޯޑްތައް ޤަވާޢިދުން ބެލެހެއްޓުން.
ހިއުމަން ރިސޯސް ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް
- މުވައްޒަފުން ބޭރަށްދާއިރު ލިޔާފޮތް ތައްޔާރުކޮށް ސޮއިކުރުވާ ބެލެހެއްޓުން.
- މުވައްޒަފުންގެ މުސާރަ ކަނޑައެޅިފައިވާ މުއްދަތުގައި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
- މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، ޗުއްޓީ ކަންތައް ހަމަޖެއްސުން.
- މުވައްޒަފުންގެ އިތުރުގަޑީގެ ކަންތައް ބެލެހެއްޓުން.
- މުވައްޒަފުންގެ ރެކޯޑް ފައިލްތައް އަޕްޑޭޓްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ހައުސްކީޕަރު އާއި ހަވާލުކޮށްފައިވާ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލުމާއި، ޤަވާޢިދުން މަސައްކަތްތައް ކުރުވުން.
- ކޯޓުގެ އިދާރީ ކަންތައްތައް، ކޯޓުގެ އެހެން މުވައްޒަފުންނާއި ގުޅިގެން ފަރުވާތެރިކަމާއިއެކު ކުރުން.
އިންފޮރމޭޝަން ޓެކްނޮލެޖީގެ ދާއިރާއިން ކުރަންޖެހޭ މަސައްކަތްތައް
- މެމްސްގެ އެޗް.އާރު މޮޑިއުލް، އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރގައި ހިމެނޭ ކޯޓުގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމަށް ފަސޭހައަކަށް އެކުލަވާލެވިފައިވާ ރޯލްތައް ބޭނުން ކޮށްގެން މަސައްކަތް ފަށާފައިވޭތޯ ކަށަވަރުކޮށް، ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އިތުރުގަޑި އަދި ޗުއްޓީ އެޕްރޫވް ވެފައިތޯ ޗެކްކުރުން.
- މުވައްޒަފުން ޤަވާޢިދުން އެޓެންޑެންސް މެޝިން ބޭނުންކުރޭތޯ ބެލުން.
- ވަރިކައިވެނީގެ ރެކޯޑްސް ޤަވާޢިދުން މެރިޖް ޕޯޓަލް އެންޓަރކުރުމާއި، ވައިޓަލް ސްޓެޓިސްޓިކްސްގެ ރިކޯޑުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މެއިލް މެނޭޖްމަންޓް މޮޑިއުލްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ތަނަށް ވަންނަ ހުރިހާ ލިޔެ ކިޔުންތައް މެމްސްއިން ބަރާބަރަށް އެންޓަރ ކުރުމާއި، އަދި ބޭރުވާ ލިޔުންތަކުގައި މެމްސްއިން ނަންބަރު ޖެހުމާއި، ޤަވާޢިދުން ފިޔަވަޅު އަޅައި މައްސަލަތައް ނިންމުން.
- ކޯޓުގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޝެޑިއުލްތައް އާއްމު ކުރުން
- އަދި މީގެ އިތުރުންވެސް ޤާނޫނާ ޤަވާއިދުގެތެރެއިން ކޯޓުގެ އިސްވެރިން ޙަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުމާއި ކޯޓުން ޒިއްމާކުރެވޭ މަސައްކަތްތަކާއިގުޅޭ އެއްމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
ތަޢުލީމީ ރޮނގު:
|
ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން، ވަރކްފޯސް ޕްލޭނިންގެ ޑިވެލޮޕްމަންޓް، ޝަރިއާ އެންޑް ލޯ.
|
|
ޕްރިފަރޑް ޑިސިޕްލިންތައް:
ހިއުމަން ރިސޯސް މެނޭޖްމަންޓް، ވަރކްފޯސް ޑިވެލޮޕްމަންޓް
މަޤާމުގެ ކޯ ޑިސިޕްލިންތައް:
ހިއުމަން ރިސޯސް މެނޭޖްމަންޓް، ވަރކްފޯސް ޑިވެލޮޕްމަންޓް
ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
- އެޑްމިނިސްޓްރޭޝަން / ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ހިއުމަން ރިސޯސް މެނޭޖްމަންޓް /
- މެނޭޖްމަންޓް
- ބިޒްނަސް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ވަރކްފޯސް ޑިވެލޮޕްމަންޓް
|
|
އެހެނިހެން ޝަރުޠު:
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން. (ގާތްތިމާގެ މީހުން ކަމުގައި ބަލާނީ އަންނަނިވި ފަރާތްތަކެވެ).
2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛ ނުވަތަ
2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ
2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްފަގެ ދަރިން)؛ ނުވަތަ
2.4 އަނބިމީހާ ނުވަތަ ފިރިމިހާ؛ ނުވަތަ
2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓްގެ(https://gdh-vaadhoo.courts.gov.mv/downloads) ވެބްސައިޓުނާއި ، މި ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި މަސައްކަތަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށާއި ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ: މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ:
|
|
މާކްސް
|
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
|
އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް
|
25
|
|
އިންޓަރވިއު
|
35
|
|
ޖުމްލަ
|
100
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޑިސެންބަރު 17 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއުއަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް އަދި އިންޓަވިއު އޮންނާނީ، 17 ޑިސެންބަރު 2025 އާއި 25 ޑިސެންބަރު 2025 އާ ދެމެދު، ގދ.ވާދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.
|
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840051 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޟް ނުކުރާނަމައެވެ.
|