ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޤައުމީ ކުތުބުޚާނާގެ ޚިދުމަތް ދިނުމުގެ ޢާންމު ޤަވާޢިދަށް ގެނެވުނު އިޞްލާޙް އާއި ގުޅޭ

 

ޤަވާޢިދު ނަމްބަރު 2025/R-115 "ޤައުމީ ކުތުބުޚާނާގެ ޚިދުމަތް ދިނުމުގެ ޢާންމު ޤަވާއިދު" 24 ނޮވެމްބަރު 2025 ގައި ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައެވެ.

 ރަޖިސްޓްރޭޝަންފީ، މެމްބަރޝިޕްފީ ގެ އަގުތަށް

 18 އަހަރުން ދަށުގެ ދިވެހިރައްޔިތެއްނަމަ ރަޖިސްޓްރޭޝަންފީ، މެމްބަރޝިޕްފީގެ ގޮތުގައި -/50 (ފަންސާސް) ރުފިޔާ ދައްކަންވާނެއެވެ.

 18 އަހަރުން މަތީގެ ދިވެހިރައްޔިތެއްނަމަ ރަޖިސްޓްރޭޝަންފީ، މެމްބަރޝިޕްފީގެ ގޮތުގައި -/100 (ސަތޭކަ) ރުފިޔާ ދައްކަންވާނެއެވެ.

  ބިދޭސީއެއް ނަމަ، ރަޖިސްޓްރޭޝަންފީ، މެމްބަރޝިޕްފީގެ ގޮތުގައި -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ ދައްކަންވާނެއެވެ.

 ޤައުމީ ކުތުބުޚާނާ އިން ދެވޭ ޚިދުމަތްތަކުގެ އަގުތައް

ޚިދުމަތް

ރުފިޔާ

ފޮޓޯކޮޕީނެގުން އަދި ޕްރިންޓްކުރުން 

ކަޅާއި ހުދު

A4 އެއް ފުށް

3.00

A4 ދެ ފުށް

2.00

A3 އެއް ފުށް

6.00

A3 ދެ ފުށް

4.00

ފޮޓޯކޮޕީނެގުން އަދި ޕްރިންޓްކުރުން

ކުލަ ކޮޕީ

A4 އެއް ފުށް

5.00

A4 ދެ ފުށް

4.00

A3 އެއް ފުށް

10.00

A3 ދެ ފުށް

8.00

ސްކޭންކުރުން

 

2.00

 އަދި މި ބައިތަކާއި ބެހޭ އިތުރު މަޢުލޫމާތާއި ތަފްޞީލް މި ކުތުބުޚާނާގެ ވެބްސައިޓް  https://www.nlm.gov.mv ގައި ހުންނާނެ ވާހަކަ ދެންނެވީމެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 ޑިސެންބަރު 2025
ހޯދާ