ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އޭޖެންސީން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، 3CX – IP PABX އިންސްޓޮލޭޝަން އާއި ކޮންފިގަރޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ޑިސެމްބަރ 2025 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL434-PRC/434/2025/318 އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ގެނެވުނު އިސްލާޙް އެންގުމަށް؛

އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ގެނެވުނު އިސްލާޙް އެންގުމަށް؛

މި އޭޖެންސީން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، 3CX – IP PABX އިންސްޓޮލޭޝަން އާއި ކޮންފިގަރޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ޑިސެމްބަރ 2025 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL434-PRC/434/2025/318  އިޢުލާނުގެ މަޢުލޫމާތު ޝީޓްގެ 16.1 ގެ (ކ) އަށް އަންނަނިވި އިސްލާޙު ގެނެވިފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16.1 (ކ) ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ރަޖިސްޓަރީވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ދޫކޮށްފައިވާ ލިޔުން (މި ލިޔުން ހުށަހަޅަންޖެހޭނީ، ކުދި އަދި މެދު ފަންތީގައި ރަޖިސްޓަރީވެފައިވާ ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާނަމައެވެ. އަދި މި ފަންތީގައި ރަޖިސްޓަރީވެފައިނުވާ ވިޔަފާރި/ކުންފުނިތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ، މި ލިޔުން ހުށަހަޅަން ނުޖެހޭނެއެވެ.)

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ނަންބަރު: IUL434-PRC/434/2025/318 އިޢުލާނުގައި ބަޔާންކޮށްފައިވާ ބީލަން ހުށަހަޅަންޖެހޭ ތާރީޚްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅާ ލިޔުންތައް ހަވާލާދެވިފައިވާ އޮންނަންވާނީ؛

ނަންބަރު: IUL434-PRC/434/2025/318 އިޢުލާނަށެވެ.  

އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

02 ޑިސެމްބަރ 2025 ވަނަ ދުވަހު ކުރެވުނު ނަންބަރު: IUL434-PRC/434/2025/318 އިއުލާނާއި ގުޅޭ އިސްލާޙުކުރެވިފައިވާ  މަޢުލޫމާތު ޝީޓް  (އިސްލާޙުކުރެވިފައިވާނީ 16.1 ގެ (ކ) އަދި އަންދާސީ ހިސާބު ކޮލިފައިވުމަށް ބޭނުންވާ ލިޔުންތަކުގެ ފާހަގަޖަހާފައިވާ ޗެކުލިސްޓް) އެއްކަރުދާސް ކުރެވިފައިވާނެއެވެ.

08 ޑިސެންބަރު 2025
ހޯދާ