އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު - އައްޑޫ ސިޓީ ހިތަދޫ ސިޓީސްކުއަރ ކުރިމަތީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވޯޓަރ ތީމް ޕާކު ސަރަޙައްދު ޑްރެޖްކުރުމުގެ މަސައްކަތަށް 01 (އެކެއް) ޑަމްޕް ލޮރީއާއި 01 (އެކެއް) އެކްސްކަވޭޓަރ ކުއްޔަށް ހޯދުމަށް ކުރެވުނު ނަންބަރު (IUL)426-AA/426/2025/602 އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- އައްޑޫސިޓީ ހިތަދޫ ސިޓީސްކުއަރ ކުރިމަތީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވޯޓަރ ތީމް ޕާކު ސަރަޙައްދު ޑްރެޖްކުރުމުގެ މަސައްކަތަށް 01 (އެކެއް) ޑަމްޕް ލޮރީއާއި 01 (އެކެއް) އެކްސްކަވޭޓަރ ކުއްޔަށް ހޯދުމަށް ކުރެވުނު ނަންބަރު (IUL)426-AA/426/2025/602 އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ޑިސެމްބަރު 08 ވާ ހޯމަ ދުވަހުގެ 12:00 އިން ފެށިގެން 2025 ޑިސެމްބަރު 11 ވާ ބުރާސްފަތި ދުވަހުގެ 14:00 އާއި ހަމަޔަށް މިއިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް ([email protected]) ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯން ނަންބަރު އަދި މެއިލް އެޑްރެސް) މެއިލްކޮށްގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެއެވެ.
- ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 ޑިސެމްބަރު 08 ވާ ހޯމަ ދުވަހުގެ 12:00 އިން ފެށިގެން 2025 ޑިސެމްބަރު 11 ވާ ބުރާސްފަތި ދުވަހުގެ 15:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2025 ޑިސެމްބަރު 11 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2025 ޑިސެމްބަރު 17 ވާ ބުދަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
- ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް: [email protected]
18 ޖުމާދުލްއާޙިރާ 1447
08 ޑިސެމްބަރު 2025
08 ޑިސެންބަރު 2025
ހޯދާ
