އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން ( ޕްރޮޖެކްޓް ނަމްބަރ 05/2025 ) ތިންވަނަ އިޢުލާން.

a

އިނގުރައިދޫ ސްކޫލް                                                Inguraidhoo School

 ރ. އިނގުރައިދޫ، ދިވެހިރާއްޖެ                            R.Inguraidhoo / Republic of Maldives

                                               

                             އިޢުލާން

  2026 ވަނަ އަހަރު ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން ( ޕްރޮޖެކްޓް ނަމްބަރ 05/2025 ) ތިންވަނަ އިޢުލާން.

               މިސްކޫލުގެ ނަމްބަރ: GS124/IUL/2025/15 (ތާރީޚް: 19 ނޮވެންބަރ 2025) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ބިޑުކޮމެޓީން ނިންމާފައިވާތީވެ، ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

               2026 ޖެނުއަރީ1  ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް މިސްކޫލްގެ ސެކިއުރިޓީ  ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

               މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

           މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  08 ޑިސެމްބަރ 2025 އިން  11 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 11:00ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރުމަށްފަހު ހުށަހެޅުން އެދެމެވެ.

               އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ 17 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00ގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި އިނގުރައިދޫ ސްކޫލްގައެވެ.   ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

         މިޕްރޮޖެކްޓާގުޅޭ ބިޑް ރަޖިސްޓްރީ ފޯމް، މަޢުލޫމާތު ކަރުދާސް އަދި ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

               އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 6580008 / 6580012 ނަންބަރު ފޯނާއެވެ.  އީމެއިލް ކުރައްވާނަމަ [email protected]  ށް މެއިލް ކުރެއްވުން އެދެމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

08 ޑިސެންބަރު 2025
ހޯދާ