މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
އެސިސްޓަންޓް އެސް.އޯ.އީ. އެނަލިސްޓް

މަޤާމުގެ ނަންބަރު:

J-306413

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ 

މަޤާމުގެ ރޭންކު:

ޕީ.އެސް.އާރް 7   

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓް، ކ. މާލެ

އަސާސީ މުސާރަ:

10,525.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

4,915.00 ރުފިޔާ  

ހާޒިރީ އިނާޔަތް:

135.00 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ ހިންގުން ހަރުދަނާކުރުމާއި، އެ ތަންތަނުގެ ހިނގާނުހިނގާގޮތް ބެލުމަށްކުރަންޖެހޭ ދިރާސާތައްކޮށް ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ލަފާދިނުން.
  2. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ މާލީ ހާލާތު ދިރާސާކުރުމަށްޓަކައި އެތަންތަނުން ހޯދަންޖެހޭ ލިޔުންތަކާއި އަދި މަޢުލޫމާތު ހޯދާ މި މަޢުލޫމާތުތަކަށް ރިއާޔަތްކޮށް ތައްޔާރުކުރަންޖެހޭ ރިވިއުކޮށް ރިޕޯޓްތައް ތައްޔާރުކުރުން.
  3. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ ތެރެއިން އެކަށީގެންވާ ފައިދާ ނުލިބޭ ތަންތަނާމެދު އަޅާނެ އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި (ފިޔަވަޅުތައް އެޅުމުން ލިބޭ ނަތީޖާތަކަށް ރިއާޔަތްކޮށް) ކުންފުނިތަކުން މައުލޫމާތުހޯދައި ދިރާސާކުރުން.
  4. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ދާންޖެހޭ ބައްދަލުވުންތަކަށް ދިޔުމާއި، މުއާމަލާތުތަތައް ކުރުމާއި، މަޝްވަރާތަކުގައި ބައިވެރިވުން.
  5. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ އެކްސްޓާރނަލް ރިވިއު/އޮޑިޓް އަދި އިންޓާރނަލް ރިވިއު/އޮޑިޓްތަކުގައި ފާހަގަކޮށްފައިވާ ކަންތައްތައް އިސްލާހުކުރުމުގެ ގޮތުން އަމަލީ ސިފަގެނެސްފައިވާ މިންވަރުބަލައި، ފޮލޯއަޕް ހެދުމާއި އަދި އިތުރުން ދޭންޖެހޭ ރިކަމަންޑޭޝަންއެއްވާނަމަ އެ ރެކަމެންޑޭޝަންތައް ދިނުން.
  6. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނަށް ސަރުކާރުގެ ގެރެންޓީގެ ދަށުން ދޫކޮށްފައިވާ ލޯނުތަކުގެ ފައިސާ ބޭނުންކުރަމުންދަނީ ލޯނު ދޫކޮށްފައިވާ މަގްސަދާއި، އަދި އެހެނިހެން ކަންކަމާއި އެއްގޮތަށްތޯ ބެލުމަށްޓަކައި މޮނިޓަރ ކުރާނެ މެކޭނިޒަމެއް އެކުލަވާލައި މޮނިޓަރކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާއާގުޅޭ ގޮތުން ކުރާ ހަރަދުގެ މައުލޫމާތު ބޯޑަށް ހިއްސާކޮށް، ކުންފުނިން މިކަންކަމާއި ގުޅޭ ގައިޑްލައިންތަކަށް ޢަމަލުކުރާ މިންވަރު ދެނެގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމާއި ގުޅޭ މަސައްކަތްތައް ކުރުމާއި، ބަޖެޓާއި އެއްގޮތަށް އެކުލަވާލާފައިވާ ޓަރގެޓްތައް ހާސިލްކޮށްފައިވޭތޯ ބަލައި، އެ ކުންފުނިތަކުގެ ބޯޑު މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑައެޅުމަށް ކުރަންޖެހޭ ރިވިއުތައް ކުރުމާއި، އަދި ކަމާގުޅޭ އުސޫލުތަކަށް ބަދަލެއް ގެންނަންޖެހިއްޖެ ހާލަތެއްގައި މަޝްވަރާކުރުމަށްފަހުގައި ބަދަލު ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޓޫލްކިޓް، އުސޫލު، ޓެކްނިކަލް ކަރުދާސްތައް އެކުލަވާލުމާއި އަދި އެކުލަވާލާފައިވާ ޓޫލްކިޓްތަކާއި އަދި އުސޫލުތައް އިސްލާހުކުރަން ޖެހިއްޖެހާލަތެއްގައި އެ މަސައްކަތްތައް ކުރުން.
  9. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވިޔަފާރިތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ އެހެނިހެން އުސޫލުތަކާއި، ގައިޑުލައިންތަކާއި، އެންގުންތަކާއި އެއްގޮތަށް ކުންފުނިތަކުން އަމަލުކުރޭތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ކުންފުނިތަކަށް އެންގުން.
  10. ކުރިއަށް އޮތް އަހަރުގެ ކުރަންޖެހޭ މަސައްކަތްތަކުގެ ޕްލޭން އެކުލަވާލުމަށް، ގާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ކުރަންފެންނަ މަސައްކަތްތައް، ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެސް.އޯ.އީ މޮނިޓަރިން އެންޑު އިވެލުއޭޝަން ޑިރެކްޓަރާއި މަޝްވަރާކަށް، ކުރިއަށް އޮންނަ އަހަރުގެ އަހަރީ ޕްލޭން އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވުން.
  11. ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ކަންކަން އެސް.އޯ.އީ ގޭޓްވޭއަށް އަޕްގްރޭޑް ކުރުމުގެ ގޮތުން ޑިވަލޮޕަރުންނަށް ބަދަލުތައް ހިއްސާކޮށް ކުރަންޖެހޭ މުއާމަލާތުތައް ކުރުން.
  12. ގާނޫނު ނަންބަރު 2013/3 "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރޭޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ ދަށުން " މޮނިޓަރކޮށް އިވެލުއޭޓްކުރުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްކުރުން.
  13. މީގެ އިތުރުންވެސް އެސް.އޯ.އީ މޮނިޓަރިން އެންޑު އިވެލުއޭޝަންގެ ޑިރެކްޓަރ، ބޯޑުގެ ރައީސް، ނާއިބްރައީސް އަދި ސެކްރެޓަރީ ޖެނެރަލް ޙަވާލުކުރާ އިދާރާގެ މަސައްކަތްތަކާއި ގޫޅުންހުރި އިތުރު މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް: 

ފަބްލިކް ފައިނޭންސް، ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް ޕްލޭނިންގ، ކޯޕަރޭޓް ފައިނޭންސް، ފަބްލިކް ފައިނޭންސް އެންޑް އިކޮނޮމިކްސް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް އެންޖިނިއަރިންގ، އިސްލާމިކް ބޭންކިންގ

އެންޑް ފައިނޭންސް، އިސްލާމިކް ފައިނޭންސް، ބޭންކިންގ، ފައިނޭންޝަލް އިކޮނޮމިކްސް، މަނިޓަރީ އެންޑް ފައިނޭންޝަލް އިކޮނޮމިކްސް، މެނޭޖީރިއަލް އެންޑް ފައިނޭންޝަލް އިކޮނޮމިކްސް، އިކޮނޮމިކް އެނަލިސިސް، އިކޮނޮމިކް ޑިޒިޝަން އެންޑް

ކޮސްޓް ބެނެފިޓް އެނަލިސިސް، އިކޮނޮމިކް ޕޮލިސީ އެންޑް ޑޭޓާ އެނަލިޓިކްސް، ބިޒްނަސް އެނަލިޓިކްސް، އިކޮނޮމިކްސް، ފިސްކަލް ސްޓަޑީޒް، ފައިނޭންޝަލް އެނަލިސިސް، ފައިނޭންޝަލް އެނަލިސްޓް، ފައިނޭންސް އެންޑް އެނަލިޓިކްސް، ފައިނޭންޝަލް އެނަލިސިސް އެންޑް ފަންޑް މެނޭޖްމަންޓް. ފައިނޭންޝަލް އެނަލިސިސް އެންޑް އިންވެސްޓްމަންޓް މެނޭޖްމަންޓް.

އެކައުންޓިންގ، އެކައުންޓިންގ އެނަލިޓިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ އެންޑް ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް އެންޑް މެނޭޖްމަންޓް އެކައުންޓިންގ، އެކައުންޓިންގ އެންޑް ފަންޑަމެންޓަލް އެނަލިސިސް،

ފޮރެންސިކް އެކައުންޓިންގ، ފޮރެންސިކް އެކައުންޓިންގ އެންޑް ފައިނޭންޝަލް ކްރައިމް، އެކައުންޓިންގ އެންޑް ފައިނޭންޝަލް ފޮރެކްސިކްސް، ފޮރެންސިކް އޮޑިޓް އެންޑް އެކައުންޓިންގ، ޓެކްސް އެކައުންޓިންގ، ކޯޕަރޭޓް އެކައުންޓިންގ، ޕްރޮފެޝަނަލް

އެކައުންޓިންގ، އެކައުންޓިންގ އެންޑް އިންފޮމޭޝަން ސިސްޓަމްސް.

މެނޭޖްމަންޓް، މެނޭޖްމަންޓް އެނަލިޓިކްސް، ބިޒްނަސް މެނޭޖްމަންޓް، ލީޑަރޝިޕް މެނޭޖްމަންޓް، ސްޓްރެޓީޖިކް ބިޒްނަސް މެނޭޖްމަންޓް، އޯގަނައިޒޭޝަން މެނޭޖްމަންޓް، ސްޓްރެޓީޖިކް މެނޭޖްމަންޓް.

ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް، ލީޑަރޝިޕް އެންޑް ހިއުމަން ރި ސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް އެންޑް އެމްޕްލޯއިމަންޓް، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް،

ހިއުމަން ޑިވެލޮޕްމަންޓް، ޕީޕަލް މެނޭޖްމަންޓް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން

ރިސޯސް އެނަލިޓިކްސް އެންޑް މެނޭޖްމަންޓް، ހިއުމަން ރިސޯސް އެނަލިޓިކްސް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް، ހިއުމަން ރިސޯސް މެނޭ ޖްމަންޓް އެންޑް ޓްރޭނިންގ، ހިއުމަން ރިސޯސް ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސް

މެނޭޖްމަންޓް އެންޑް ޓެލަންޓް މެނޭޖްމަންޓް، ހިއުމަން ޓެލަންޓް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް އެންޑް ޓެލަންޓް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް އެންޑް އޯގައިނޭޝަނަލް ބިހޭވިއަރ، ހިއުމަން މެނޭޖްމަންޓް އެންޑް އޯގަނައިޒޭޝަނަލް

ޑިވެލޮޕްމަންޓް، އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް، ހިއުމަން ރިސޯސަސް އެންޑް ނޯލެޖް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް އެޑްމިނިސްޓްރޭޝަން.

ޕްރޮކިއުމަންޓް މެނޭޖްމަންޓް، ސަޕްލައި ޗެއިން މެނޭޖްމަންޓް، ލޮޖިސްޓިކްސް މެ ނޭޖްމަންޓް، އޮޕަރޭޝަންސް މެނޭޖްމަންޓް، ޕަރޗޭސިންގ، ޕްރޮޖެކްޓް މެނޭޖްމަންޓް، ކުއަންޓިޓީ ސަރވެއިންގ.

ލޯ، ބިޒްނަސް ލޯ، ކޮމަރޝަލް ލޯ، ކޯޕަރޭޓް ލޯ، ކޮމްޕެޓިޝަން ލޯ، ފައިނޭންޝަލް ލޯ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ފައިނޭންސް
  2. އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޑިސެންބަރު 2025 ގެ 13:00 ގެ ކުރިން، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ވުޒާރާގެ އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 23 ޑިސެންބަރު 2025 އާއި 22 ޖަނަވަރީ 2026 އާ ދެމެދު، މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1617 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                     18 ޖުމާދަލްއާޚިރާ 1447
08 ޑިސެންބަރު 2025
ހޯދާ