ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ ބޭނުމަށް އާޓިކިއުލޭޓިންގ ބޫމް ލިފްޓެއް ސަޕްލައިކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުޅުދުއްފުށި ސިޓީ ކައުންސިލް އިދާރާގެ ބޭނުމަށް އާޓިކިއުލޭޓިންގ ބޫމް ލިފްޓެއް ސަޕްލައިކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/LyW2XbeDAd

 

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް [email protected]

‏21‏ ޑިސެމްބަރ‏ 2025‏ (އާދީއްތަ‏)

10:30

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏22‏ ޑިސެމްބަރ‏ 2025‏ (ހޯމަ‏)

10:30

އަންދާސީ ހިސާބު ހުށަހެޅުން

‏23‏ ޑިސެމްބަރ‏ 2025‏ (އަންގާރަ‏)

10:30

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177، 6527192 ނުވަތަ 6527113 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procurement އިން ‏08‏ ޑިސެމްބަރ‏ 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

ބީލަމާގުޅޭ މައުލޫމާތު ޝީޓު އަދި ބީލަން ފޮތް ޑައުންލޯޑު ކުރެއްވުމަށް: https://kulhudhuffushicity.gov.mv/procurement/398

 

08 ޑިސެންބަރު 2025
ހޯދާ