ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ ފ.މަގޫދޫ ކައުންސިލްގެ ޓީމް މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުން

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ ފ.މަގޫދޫ ކައުންސިލްގެ ޓީމް މެނޭޖުކުރުން

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ނިސްބަތްވާ، ރަޖިސްޓަރީ ކޮށްފައިވާ ކުލަބު/ޖަމްޢިއްޔާތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މަގޫދޫ ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ނިސްބަތްވާ، ކުލަބު/ޖަމްޢިއްޔާތަކުން، 2025 ޑިސެންބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

 

‏18‏ ޖުމާދަލްއާޚިރާ‏ 1447

 ‏8‏ ޑިސެމްބަރ‏ 2025

08 ޑިސެންބަރު 2025
ހޯދާ