މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ
ދިވެހިރާއްޖެ
ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހުއްދަ ހިފެހެއްޓުން

ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ގަވާއިދާ ޚިލާފަށް އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުން ޚިދުމަތްދެމުން ގެންދާކަމަށް ފާހަގަކުރެވޭތީ، މިމިނިސްޓްރީއިން ދޫކޮށްފައިވާ ދިވެހިރާއްޖޭގެ ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ހުއްދަ ހިފެހެއްޓިފައިވާކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

ވީމާ، މިމިނިސްޓްރީން ވަކިގޮތަކަށް އަންގަންދެން، އެއްވެސް ފަރާތަކުން އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑާއެކު ޓްރެވަލް އޭޖެންސީ ވިޔަފާރިއާއި މުޢާމަލާތު ނުކުރެއްވުން އެދެމެވެ. ހަމައެއާއެކު، މި ޓްރެވަލް އޭޖެންސީއާމެދު  އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންފުޅުނަމަ، އަންނަނިވި އެޑްރެހަށް ފޮނުއްވުން އެދެމެވެ.  

މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރ

ހ. ވެލާނާގެ، 5 ވަނަ ފަންގިފިލާ،

އަމީރު އަޙުމަދު މަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 3323224

ފެކްސް: 3322512

އީމެއިލް:[email protected]

8  ރަމަޟާން 1434ހ.

16 ޖުލައި 2013
ހޯދާ