ދިވެހިރާއްޖެ
ހއ. ބާރަށު އުތުރު އިޖްތިމާއީ ސަރަހައްދު ތައް ( މިރަށު ރެހެންދި ބީޗާއި، އުތުރު ފުޓުބޯޅަ ދަނޑުގެ އުތުރު މަގުފަޅި ހިމެނޭގޮތަށް އަތިރިމަތި ސަރަހައްދުން ފެށިގެން ކުޑަކުދިންގެ ޕާކްގެ އުތުރު ފާރުގެ ބުލްބުލާގެ ފާރުން މާކު ކޮށްފައިވާ ޕޮއިންޓާއި ހަމައަށް ހިމެނޭގޮތަށް އަތިރިމަތި ސަރަޙައްދު، އަދި މީގެ އިތުރުން އުތުރު ކޮށިމަގާއި، ކަޅުއޮއްފުންމި މަގާއި، ޞަބާޙުލްޚައިރުގޭ ދޮރުމަތީގައިވާ ހުސް ބިމާއި، ބާރަށު މަކުތަބުލް އަހަދިއްޔާ އާއި، އުތުރު ފަސްގަނޑަށްދާ މަގާއި، މަސްޖިދުއްތަޢާވޫން އަދި ޕްރީ ސްކޫލަށް ދާ މަގުން ކޯޓް ހުޅަނގަށް އޮންނަ މަގު ފަޅި ) 01 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ނޮޅާ ސާފުކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ބޭނުންވާ އަންހެން ކަނބަލުން 2025 ޑިސެންބަރު 15 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވާން އެދޭ ފޯމާއި މަސައްކަތާއި ގުޅޭ މަޢުލޫމާތު ރަސްމީގަޑީގައި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
