ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

2026 ވަނަ އަހަރު މޮޅަދު ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 މި މަދުރަސާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

  1. 1.     މި ސުކޫލުގެ ސެކިއުރިޓީ 01 އަހަރުގެ މުއްދަތަށް (01 ޖަނަވަރީ 2026 ން 31 ޑިސެމްބަރ 2026 އަށް) ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. 2.     މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. 3.     މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 ޑިސެމްބަރ 08 ން 2025 ޑިސެމްބަރ 17 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

https://forms.gle/Md1wnPMRGPoCoU179"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: 

  1. 4.     މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ޑިސެމްބަރ 17 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. 5.     ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 21 ވަނަ ދުވަހުގެ 13:00 ގައި މޮޅަދޫ ސްކޫލު ގައެވެ.
  3. 6.     މިބީލަމާއި ގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. 7.     މިބީލަމާއި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 މޮޅަދޫ ސްކޫލް       

ހއ.މޮޅަދޫ، ދިވެހިރާއްޖެ

ފޯން: 6500561 / 7779670 

އީ-މެއިލް: [email protected]

08 ޑިސެންބަރު 2025
ހޯދާ