މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަނދަރު ބޭރުތޮށީގައި ބެންޗްހެދުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރުން
ނަންބަރ: (IUL)363-ADM/363/2025/41
އިޢުލާން
ބަނދަރު ބޭރުތޮށީގައި ބެންޗް ހެދުމާއި ލައިޓް ހަރުކުރުން
މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރު ބޭރުތޮށީގައި ބެންޗްހެދުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
|
ތާރީޚް |
ދުވަސް |
ވަގުތު |
|
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
14ޑިސެމްބަރ 2025 |
އާދީއްތަ |
11:00 |
|
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
17ޑިސެމްބަރ 2025 |
ބުދަ |
13:00 |
- ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
- ރަޖިސްޓްރޭޝަން ލިންކް: https://forms.office.com/r/Df04SsUnd4
- މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
- ބީލަން ތައްޔާރުކުރަންވާނީ މިމަސައްކަތާގުޅޭގޮތުން މިކައުންސިލުންދޭ މައުލޫމާތު ކަރުދާހާ އެއްގޮތަށެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ފޮނުވޭނެއެވެ.
- މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 13ޑިސެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
- އިތުރުމަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6720035، 9948890 އަށް ގުޅުއްވުން އެދެމެވެ.
07 ޑިސެމްބަރ 2025
08 ޑިސެންބަރު 2025
ހޯދާ
