ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އުހުންތަކުރާ މަސްރޭސް 2025"ގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ ވޮލެންޓިއަރުން ހޯދުމާގުޅޭ

މިކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އުހުންތަކުރާ މަސްރޭސް 2025" ގެ އޮފިޝަލުންގެ ގޮތުގައި ދޯނިތަކުގައި 12 ޑިސެމްބަރ 2025 ވާ ހުކުރު ދުވަހު ގައި ޓީމްތަކާއިއެކު ފުރުމަށް ޖުމްލަ 8 އޮފިޝަލުން ހޯދުމަށް ބޭނުންވެއެވެ.

1. ޝަރުތު

  1. އުމުރުން 18 އަހަރު ފުރިފައިވުން
  2. ކަނޑުމަތީގައި އުޅެވޭނެފަދަ ސިއްޙަތެއްގައި ހުރުން
  3. އިވެންޓް ހިގަމުންދާ ވަގުތު ފޮޓޯ އަދި ވީޑިއޯ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލާއި ޙިއްސާކުރެވޭނެފަދަ މީހެއް ކަމުގައިވުން. (އޮފިޝަލެއްގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް އިންޓަރނެޓަށް 100 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދެވޭނެ)
  4. އެއްވެސް ޓީމެއްގެ ޓީމް މެމްބަރެއް ކަމުގައި ނުވުން.

2. އޮފިޝަލުންގެ ޒިންމާ

 1. ކޮންމެ ޓީމަކުންވެސް ޢަމަލުތައް ބަހައްޓާނީ މިޤަވާއިދާ އެއްގޮތަށްތޯ ބެލުމަކީ އޮފިޝަލުންގެ ޒިންމާއެކެވެ.

 2. ކަނޑައެޅިފައިވާ އުޞޫލުތަކާއި ޚިލާފަށް ކަމެއްދާނަމަ އެކަން އިންތިޒާމް ކޮމިޓީއަށް އަންގަންވާނެއެވެ.

 3. އެއްވެސް ކަމެއް އޮޅުވާލުމުގައި، އޮފިޝަލަކަށް ހުންނަ ފަރާތުން މަސައްކަތް ކުރެވިފައިވާކަން މުބާރާތުގެ ތެރެއިން އަދި ފަހުންވެސް ސާބިތުވެއްޖެނަމަ، އެއޮފިޝަލަކަށް ކައުންސިލުން ހިންގާ މިފަދަ ރޭހެއް/މުބާރާތެއްގައި (3) އަހަރު ދުވަހުގެ މުއްދަތަށް (ބައިވެރިއެއްގެ ގޮތުން އަދި އޮފިޝަލެއްގެ ގޮތުންވެސް) ހަރަކާތްތެރިއެއް ނުވެވޭނެއެވެ.

          ވީމާ، މިކަމަށް ވޮލަންޓިއަރެއްގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 12:00ގެ ކުރިން މިއިޢުލާނާއި އެކުގައިމިވާ އޮންލައިން ފޯމް ފުރުއްވައި ހުށަހެޅުއްވުން އެދެމެވެ.

https://forms.gle/v661Z9hGrL6jBto6A

          އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިޢުލާނުގައިއެވާ ޝަރުތު ފުރިހަމަވެފައިވާ ފަރާތްތައް  އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ތަރުތީބުންނެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

08 ޑިސެންބަރު 2025
ހޯދާ