ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރާސީ އަހަރު 2026 ގައި ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތަކަށް ކުދިންވެއްދުމާއިގުޅޭ

ދިރާސީ އަހަރު 2026 ގައި ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތައް ކުރިއެކޭވެސް އެއްގޮތައް ކުރިޔައްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިއަދުން ފެށިގެން ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތަކަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލަމެވެ. އަދި ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތަކަށް އަލަށް ދަރިވަރުން ވެއްދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ނުވަތަ [email protected] އީމެއިލްއަށް [ވަންދޫ ޕްރީސްކޫލުގައި ދަރިވަރުން ރަޖިސްޓަރީކުރުމަށްއެދޭ ފޯމު] ހުށަހެޅުއްވުންއެދެމެވެ.

          މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު  6780041 ފޯނާގުޅުއްވުން އެދެމެވެ.

2026 ވަނަ އަހަރު ޕްރީސްކޫލް ކްލާސްތަކަށް ދަރިވަރުންވައްދާ އުމުރުފުރާ

ކްލާސް

އުމުރު

ބޭބީ ނާސަރީ

2025 ޑިސެމްބަރު 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

2025 ޑިސެމްބަރު 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

07 ޑިސެންބަރު 2025
ހޯދާ