ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

 

       

ވަޒީފާގެ ފުރުޞަތު

ތާރީޚް:

07 ޑިސެންބަރު 2025      

ނަންބަރު:

    (IUL)168-CA/1/2025/123

މަޤާމު:

 ސެކްރެޓަރީ ޖެނެރަލް

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

 މުސާރަ މަހަކު -/20,500

 ލިވިންގ އެލަވަންސް މަހަކު -/15,000

 ފޯނު އެލަވަންސް މަހަކު -/1,000

މަޤާމުގެ މުއްދަތު:

 5 (ފަހެއް) އަހަރު

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން ހިއުމަން ރިސޯސަސް މެނޭޖްމަންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ފައިނޭންސް، އެކައުންޓިންގ، ނުވަތަ ޤާނޫނީ ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން،  ނުވަތަ 
  2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޝަނަކުން ހިއުމަން ރިސޯސަސް މެނޭޖްމަންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ފައިނޭންސް، އެކައުންޓިންގ، ނުވަތަ ޤާނޫނީ ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގެ އިސް މަޤާމެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.

 

  • މި މަޤާމަށް މީހަކު ހޮވުމުގައި ތަޢުލީމީ ފެންވަރުގެ އިތުރުން އިސްނެގުމަށާއި، ތެދުވެރިކަމަށާއި، އަމާނާތްތެރިކަމަށާއި، ހިންގުމުގެ ތަޖުރިބާއަށް އަދި ނަތީޖާ ޙާޞިލުކޮށްފައިވާ މިންވަރަށް ބެލޭނެ.
  • މީގެއިތުރުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 25 - 55 އާ ދެމެދުގެ މީހަކަށްވުން.
  • އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމާއި، މަކަރާއި،    ހީލަތްހެދުމާއި، ޚިޔާނާތާއި، ރިޝްވަތުފަދަ ބޮޑުކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން.
  • ހިއުމަން ރައިޓްސް ކޮމިޝަންގައި އެމީހެއްގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ކޮމިޝަނުގެ ބައްދަލުވުމަކުން ފާސްކުރުމަށްފަހު، ކޮމިޝަނުގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގުން.
  2. ކޮމިޝަންގެ އިދާރާއިން ދޭ ޚިދުމަތްތަކާއި، މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތައް، ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގަވާއިދު 2016 އާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގަވާއިދު 2016ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ސުލޫކީ މިންގަނޑާ ޚިލާފުނުވާ ގޮތުގެ މަތިން ހެދުމާއި، މި ގަވާއިދުތަކާއި އުޞޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، މިފަދަ ޤަވާއިދުތަކާއި، އުޞޫލުތަކާއި، މުވައްޒަފުންނާ ބެހޭގޮތުން ކޮމިޝަނުން ނެރޭ އެންގުންތަކާއި އިރުޝާދުތައް މުވައްޒަފުންނަށް އަންގައި، އެ ޤަވާއިދުތަކާއި، އެންގުންތަކާއި، އުޞޫލުތައް ތަންފީޛުކުރުން.
  3. ކޮމިޝަނުގެ މެމްބަރުންގެ މަޝްވަރާއާއެކު ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވާލުމާއި، ކޮމިޝަނުގެ ސްޓްރެޓީޖިކް ޕްލޭންއާއި އެކްޝަން ޕްލޭން އެކުލަވާލައި، އެ މަޝްރޫޢުތައް ހިނގާގޮތް  މޮނިޓަރކޮށް ބެލެހެއްޓުން.
  4.  ކޮމިޝަނުގެ އިދާރީ ކަންތައްތަކުގައި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކުގައި އެކަމުގައި ފުރިހަމަ އެހީތެރިކަންދިނުން.
  5. ކޮމިޝަނުގެ މެންބަރުންގެ އިރުޝާދާއެކު، ކޮމިޝަނުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، މުވައްޒަފުން ހޯދުމާއި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވާލުމާއި، ކޮންމެ މުވައްޒަފަކާވެސް އެމުވައްޒަފެއްގެ ޒިންމާތައް އެނގޭނޭހެން އެމުވައްޒަފެއްގެ މަސައްކަތް ޙަވާލުކުރުމާއި، ކަމާބެހޭ ރެކޯޑާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕަރފޯމެންސް އެޕްރައިޒަލް ހެދުމާއި، ކޮމިޝަނަށް އަލަށް ނަގާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ހެދެމުންދާ މިންވަރު މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ޤަވާއިދުން ކޮމިޝަނަށް ހުށަހެޅުން.
  6. ކޮމިޝަނުގެ މެންބަރުންގެ މަޝްވަރާގެ މަތިން ކޮމިޝަނުގެ އަހަރީ ބަޖެޓު އެކުލަވާލައި، ކޮމިޝަނުގެ މެންބަރުންނަށް ހުށަހަޅައި، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުން.
  7. ކޮމިޝަނަށް ލިބިފައިވާ ބަޖެޓު ތަންދިން މިންވަރަކުން ކޮމިޝަން ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހަމަޖެއްސުމާއި، މުވައްޒަފުންނާއި މެމްބަރުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  8.  ކޮމިޝަނުގެ މުދަލާއި ފައިސާ އަދި އެނޫން ވަޞީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބެލުން.
  9. ކޮމިޝަނުގެ ބަޖެޓްގެ ޚަރަދުތަކާއި، ބަޖެޓް ބާކީ ހިމެނޭ ރިޕޯޓެއް ކޮންމެ 3 މަހަކުން ތައްޔާރުކޮށް، ކޮމިޝަނުގެ ބައްދަލުވުމަކަށް ހުށަހެޅުން. އަދި މި ރިޕޯޓު ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގައިވާ ގޮތުގެ މަތީން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުން.
  10. ކޮމިޝަނަށް ލިބިފައިވާ ބަޖެޓު ތަންދިން މިންވަރަކުން ކޮމިޝަން މެންބަރުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާ ޖާގައާއި ވަޞީލަތްތައް ހަމަޖައްސައިދިނުން.
  11. ކޮމިޝަނުގައި ވަޒީފާއަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް، ދެމެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކުރުމާއި، މަޞްލަޙަތު ޤާއިމުކުރުވުން.
  12. މުވައްޒަފުން މަސައްކަތްކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމާއި، މަސައްކަތުގައި އިތުރު އެހީއަށް  ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދިނުމާއި، މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް، ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ އަދި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އޮފީހުގައި ޢަމަލުކުރާ އުސޫލުތަކާއި ޚިލާފަށް ޢަމަލުތަށް ބަހައްޓާ މުވައްޒަފުންނާމެދު އެކަށީގެންވާ އަވަސް މިނެއްގައި އިޞްލާޙީ ފިޔަވަޅު އެޅުމަށް ކޮމިޝަނަށް ހުށަހެޅުން.
  13. މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް، ފެންވަރު މަތިކުރުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ކޮމިޝަނުގެ މެންބަރުނާއި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (އެޗް.އާރ.އެމް.ޑީ)ގެ ލަފާގެ މަތިން ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  14. މުވައްޒަފުންގެ ތެރޭގައި، ކަމަށްކަމޭހިތުމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިޚްލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުން ފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަޚްލާޤާއި ނަޒާހަތްތެރިކަން ހަރުދަނާކުރުވުން.
  15. ކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤަވާޢިދު 2016 އާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤަވާޢިދު 2016ގައި ބަޔާންކޮށްފައިވާ މުވައްޒަފުންގެ ޞުލޫކީ މިންގަނޑާ އެއްގޮތަށް ޢަމަލު ކުރާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލެހެއްޓުމުގެ ނިޒާމެއް އޮފީހުގައި ޤާއިމުކޮށް، މުވައްޒަފުން ޒިންމާދާރު ކުރުވައި، އެކަންކަން ބެލެހެއްޓުން.
  16. މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށްދިނުން.
  17.  ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)ގެ 32 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން، ނިމިގެން ދިޔަ އަހަރު ކޮމިޝަނުން ހިންގި ޙަރަކާތްތަކުގެ މައްޗައް އެކުލަވާލެވޭ އަހަރީ ރިޕޯޓު ކޮމިޝަނުން ފާސްކުރުމުން، ކޮންމެ އަހަރެއްގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރީން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، މި ރިޕޯޓް އާންމު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  18. ޤާނޫނު ނަންބަރު 2006/6 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު)އާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގަވާއިދު 2016ގައި ސެކްރެޓަރީ ޖެނެރަލްއަށް ކަނޑައަޅައިފައިވާ އެންމެހައި ކަންކަން ޒިންމާދާރުކަމާއެކު ބަރާބަރަށް އަދާ ކުރުން.
  19.  ކޮމިޝަނުގެ ބައްދަލުވުންތަކުން ތަންފީޛުކުރުމަށް ނިންމާ އިދާރީ ނިންމުންތައް ތަންފީޛުކުރުމާއި، ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ނިންމުންތަކާ ގުޅިގެން ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.
  20.  ކޮމިޝަނުގެ ބައްދަލުވުންތަކުން ނިންމާ އިދާރީ ނިންމުންތަށް މަހުން މަހަށް ތަންފީޛުވާ މިންވަރު ބަލައި، ކޮންމެ މަހަކު އެއްފަހަރު ކޮމިޝަނަށް ހުށަހެޅުން.
  21. ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮމިޝަންގައި އެކުލަވާލެވިފައިވާ އެކިއެކި ކޮމިޓީތަކުގެ މަސައްކަތް އެ ކޮމިޓީތައް ހިންގުމަށް ހެދިފައިވާ އުޞޫލުތަކާ އެއްގޮތަށް ހިނގާތޯ ބަލައި، އެ ކޮމިޓީތަކުގެ މަސައްކަތް މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ކޮމިޝަންގެ ސަމާލުކަމަށް ގެނައުން.
  22. ކޮމިޝަން ތަމްސީލްކުރާ އެކިއެކި ޙަރަކާތްތައް ރާވައި ހިންގުމުގައި އެއްބާރުލުންދީ، މިފަދަ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، އެހެން މުވައްޒަފުން ބައިވެރިވުމަށް ހިތްވަރުދީ ނަމޫނާ ދެއްކުން.
  23. ކޮމިޝަނުގެ މަސައްކަތްތަކާ ގުޅިގެން މީޑިޔާއަށް މަޢުލޫމާތުދޭންޖެހޭ ޙާލަތްތަކުގައި އެކަމަށް ކަނޑައަޅައިފައިވާ އުޞޫލާއެއްގޮތަށް މީޑިޔާއަށް މަޢުލޫމާތު ދިނުން
  24. މީގެ އިތުރުން ކޮމިޝަން ހިންގުމުގައި ދިމާވާ ކަންކަމާ ގުޅިގެން ކުރަން އަންގާ މަސައްކަތްތައް ކުރުން.

އިމްތިޙާންކުރުމާއި، އިންޓަވިއު އާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  1. މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކަށް އިމްތިހާނެއް ދެވޭނެއެވެ.
  2. މި މަޤާމަށް އިންޓަރވިއުއަށް ކިޔޭނީ މި މަގާމުގެ އިމްތިހާނަށް ކަނޑައެޅިފައިވާ މާކްސްގެ މަދުވެގެން 50 އިންސައްތައަށް ވުރެ މަތިން މާކްސް ހޯދާ ފަރާތްތަކަށެވެ.
  3. އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނެ ތާރީޚެއް ޕްރެޒެންޓޭޝަން ހަދަންޖެހޭ މައުޟޫޢާއެކު އިންޓަވިއު އާއި ޕްރެޒެންޓޭޝަން ބޭއްވުމަށް ހަމަޖައްސާ ތާރީޚުގެ މަދުވެގެން 2 (ދޭއް) ދުވަސް ކުރިން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ލިސްޓު ފުރިހަމަކުރަންވާނެއެވެ.
  2. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް).
  3. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފުކޮށް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

 - ވަޒީފާއަށް އެދި ހުށަހަޅާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގެ  ތަޢުލީމީ ސެޓްފިކެޓްތަކާއި، ކޯހުން ފާސްވެފައިވާ ކަމުގެ ލިޔުމަކީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ނުވަތަ ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން އެސެސްމަންޓް ރިޕޯޓެއް ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 - ވަޒީފާއަށް އެދި ހުށަހަޅާ، ތަޢުލީމީ ސެޓްފިކެޓްތަކާއެކު ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ. އަދި އެއީ އެޓެސްޓްކޮށްފައިވާ ލިޔުންތަކެއް ކަމުގައި ވާންވާނެއެވެ.

 - ވަޒީފާއަށް އެދި ކުރިމަތިލާފައިވާ ފަރާތުން ހުށަހަޅާފައިވަނީ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމެއް ކަމުގައިވާނަމަ، އެ ލިޔުމާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

 - ތަޢުލީމީ ސެޓްފިކެޓްތަކާއެކު ޓްރާންސްކްރިޕްޓް ހުށަހަޅާފައިނުވާނަމަ، އެ ލިޔުމެއް ބަލައިނުގަނެވޭނެއެވެ.

 6. ހިއުމަން ރައިޓްސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޮވުމާއި ޢައްޔަނުކުރުމުގެ އުޞޫލުގައިވާގޮތަށް މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (އަދާކުރި މަޤާމުގެ ނަމާއި، މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާ މުއްދަތު ބަޔާންކުރުމުގައި ވަޒީފާ އަދާކުރަން ފެށި ތާރީޚު، އަހަރާއި މަހާއި ދުވަސް އެނގޭނެހެން، އަދި ވަޒީފާ އަދާކޮށް ނިމުނު ތާރީޚު، އަހަރާއި މަހާއި ދުވަސް އެނގޭނެހެން، ބަޔާންކުރަންވާނެއެވެ. އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ވަޒީފާ އަދާކޮށްފައިވާ ހުރިހާ މަޤާމުތަކުގެ ނަމާއި، މަސްއޫލިއްޔަތުތަކާއި، ވަޒީފާ އަދާކޮށްފައިވާ މުއްދަތު ބަޔާންކުރަންވާނެއެވެ. އަދި ކޮންމެ މަޤާމެއްގައި ރިޕޯޓު ކުރިފަރާތް ވަކިވަކިން ބަޔާންކޮށްފައި އޮންނަންވާނެއެވެ. މި ގޮތަށް ވަޒީފާ އަދާކުރިކަމުގެ ލިޔުން ހުށަހަޅާފައިނުވާނަމަ އެ ލިޔުންތަކުގައިވާ ތަޖުރިބާގެ މުއްދަތުތަކަށް މާކްސް ނުދެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގަ އާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)

ސުންގަޑި:

2025 ޑިސެންބަރު 14 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން       

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، 05 އަހަރުގެ މުއްދަތަށް ވަޒީފާ ހަމަޖެއްސޭނެއެވެ.
  2. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ އިމްތިހާނު އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ، ސްޓާރ ކްލައުޑްސް ބިލްޑިންގެ 12 ވަނަ ފަންގިފިލާ) ގައެވެ.
  3. އިމްތިހާނަށް ނުވަތަ އިންޓަވިއުއަށް ހާޒިރުވުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  4. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  6. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003114 ނުވަތަ 3003116 އަށެވެ.  
  7. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

މި ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޮވުމާއި އައްޔަނުކުރުމުގެ އުސޫލު މި ޢިއުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

       

                 

 

                                                               

07 ޑިސެންބަރު 2025
ހޯދާ