ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަސްރޭހެއް 10 ޑިސެންބަރު 2025 ވާ ބުދަދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަސްރޭހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. މިއިއުލާނާއިއެކު މަސްވެރިންގެ ދުވަހުގެ މަސްރޭހުގެ ޤަވާއިދު އާއްމުކުރެވިފައި ވާނޭކަމުގައި ދެންނެވީމެވެ. ވީމާ، މުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ޓީމްތަކުން މި އިޢުލާނާއެކު ހިއްސާކުރެވިފައިވާ [މަސްރޭސް 2025 ގައި ބައިވެރިވުމަށްއެދޭ ފޯމް] 09 ޑިސެންބަރު 2025 ދުވަހުގެ 14:00 ގެ ކުރިން ވަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 6780041 ފޯނާގުޅުއްވުން އެދެމެވެ.
ފޯމު: https://forms.gle/D46sezE9ECX5reMx6
ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.
