މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ގެ ދިރާސީ އަހަރު އަލިފުށީ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

އިޢުލާން

 

2026 ގެ ދިރާސީ އަހަރު އަލިފުށީ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

 

          2026ޖަނަވަރީ 27 ގައި ފެށުމަށް ހަމަޖެހިފައިވާ 2026 ގެ ދިރާސީ އަހަރު އަލިފުށީ ޕްރީސްކޫލަށް ދަރިވަރުން ވައްދަން ބޭނުންވާ ފަރާތްތަކުން، ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

#

ގްރޭޑް

 2026 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރުފުރާ

1

ޕްލޭ ސްކޫލް

2025 ޑިސެމްބަރ 31 އަށް 18 މަސްފުރި އުމުރުން 2 އަހަރުން ދަށުގެ ކުދިން.

2

ބޭބީ ނާސަރީ

2025 ޑިސެންބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން.

3

ނާސަރީ

2025 ޑިސެންބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން.

          ވީމާ، މިކަމަށް އެދޭ ފޯމް ފުރިހަމަކޮށް ދަރިވަރާއި، ބެލެނިވެރިޔާގެ އައިޑީކާޑްގެ ކޮޕީއާއެކު 2026 ޖަނަވަރީ  25 ވަނަ ދުވަހުގެ 13:00ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

          މިހެންވެ މިކަންއާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

07 ޑިސެންބަރު 2025
ހޯދާ