މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރަސްތާނު ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

ރަށުގެ ޤަބުރަސްތާނު ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޑިސެމްބަރ 2025 ވަނަ ދުވަހުގެ  13:30 ގެ ކުރިން (ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އަކާއިއެކު) އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު މަސައްކަތާއިބެހޭ މަޢުލޫމާތު ހިމެނޭ ކަރުދާހެއް ޢާއްމުކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 ޑިސެންބަރު 2025
ހޯދާ