ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، މ.ދިއްގަރުގެ 2 މިސްކިތަށް ބޭނުންވާ ސައުންޑް ސިސްޓަމް ފޯރުކޮށްދީ އިންސްޓޯލްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވައިލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
2025 ޑިސެމްބަރ 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން https://dhiggarucouncil.fillout.com/t/knBqaqK7Fhus ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރުން |
|
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
ބީލަން ހުށަހެޅުން |
2025 ޑިސެމްބަރ 15 ވާ ހޯމަ ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި (ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.) |
އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވެ.
