ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.
|
މަޤާމު: |
ކޮންސަލްޓަންޓް ސްޕެޝަލިސްޓް |
|
ސްޕެޝަލައިޒޭޝަން: |
ޕީޑިއެޓްރިކްސް |
|
މަޤާމުގެ ނަންބަރު |
- |
|
ބޭނުންވާ އަދަދު |
1 (އެކެއް) |
|
މަޤާމުގެ ގިންތި |
ދާއިމީ |
|
މަޤާމުގެ ރޭންކް |
ކޮންސަލްޓަންޓް ސްޕެޝަލިސްޓް (ޕަބްލިކް ސަރވިސް ރޭންކު 9 - ސްޓެޕް 1) |
|
ޑިވިޝަން/ ސެކްޝަން |
ތެލަސީމިއާ އެންޑް އަދަރ ހީމޯގްލޯބިނޯޕަތީސް ސެންޓަރ / މެޑިކަލް ސްޕެޝަލިސްޓް |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖްހިޔާ، ހުޅުމާލެ |
|
މަސައްކަތް ކުރަންޖެހޭ ގަޑި: |
ޑިއުޓީ އުސޫލުން |
|
މުސާރަ: |
-/32,632 ރުފިޔާ |
|
އެހެނިހެން އިނާޔަތްތައް:
|
މަޤާމުގެ އެލަވަންސް : މަހަކު -/18,689 ރުފިޔާ ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/506 ރުފިޔާ |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސް ސެންޓަރާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިނގަމުން އަންނަ ހޮސްޕިޓަލުތަކުގައި އިދާރާއިން ކަނޑައަޅާ ގޮތެއް މަތީން އޯ.ޕީ.ޑީ ގައި ދަންފަޅި އުސޫލުން ބަލިމީހުން ބެލުމުގެ މަސައްކަތް ފުރިހަމަ ކުރުމާއި، ބަލިމީހުންގެ ފަރުވާގެ ކަންކަން ގަވައިދުން މޮނީޓަރކޮށް ރިވިއުކުރުން އަދި ސްޓޭންޑްބައިގައި ހުރެ ވެސް ބަލިމީހުންނާ މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް މުއާސަލާތުކުރުން. 2. ތެލެސީމިއާ ބަލިމީހުން ލޭއަޅަމުންދާ ވަގުތު ދިމާވެދާނެ ޞިއްޙީ ހާލަތްތަކަށް ތައްޔާރުވެ އޮން-ކޯލްގައި ތިބުމާއި، ޓްރާންސްފިއުޝަނާ ގުޅޭ އިންސިޑެންޓްތަކާއި ރިއެކްޝަންފަދަ ކަންކަން ދެނެގަނެ ކޮންމެ ދުވަހަކު ލިޔުމުން ރިޕޯރޓްކުރުމާއި، މަޝްވަރާކުރުމާއި އަދި އަވަސް ފަރުވާ ދިނުމާއެކު، އިރުޝާދު ހޯދައި އެފަދަކަންކަން މަދުކުރެވޭނެ ގޮތަކަށް ފަރުވާއާއި އަދި ލޭއެޅުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވުން. 3. ލޭ އެޅުމަށް އަންނަ ތެލަސީމިއާ ބަލީގެ މީހުންގެ ތެރެއިން، އެހެނިހެން ބަލި ހުންނަ މީހުންނަށް ލޭ ގުޅުމުގެ ކުރިން ޞިއްޙީގޮތުން ބަލަންޖެހޭ ކަންކަން ބަލައި ބަލި މީހުންނާއި އަދި ޞިއްޙީ ޚިދުމަތް ތެރިންނަށް އެކަށީގެންވާ ފަރުވާއާގުޅޭ އިރުޝާދު ދީ އެ މަސައްކަތް ފުރިހަމަ ކުރުމާއި، ކުރޭތޯ ބެލުމާއި އަދި ފުރިހަމަ ކުރުވުން އަދި މި މަސައްކަތަށް ފުރިހަމައަށް ޒިންމާވުން. 4. ތެލެސީމިއާ ބަލިމީހުންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް، އެ މީހުންގެ ހަށިގަނޑުގައި ދަގަނޑު ހުންނަންޖެހޭ މިން ވަރަށްވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެ ފަރާތްތަކަށް ގަވާއިދުން ދޭންޖެހޭ ޞިއްޙީ އިރުޝާދު ދިނުމާއި، ފަރުވާ ދިނުމާއި، ރިފަރަލް ހެދުމާއި، އަދި ފަރުވާ ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ޞިއްޙީ ފަރުވާގެ ކަންކަން ހަމަޖެއްސުމުގައި މަޝްވަރާގެ މަތީން އުސޫލު އެކުލަވާލައި ހުއްދަ ހޯދުމާއެކު އުސޫލު ތަންފީޒުކުރުމާއި އަދި ކުރުވުން. 5. ތެލަސީމިއާ ކުދިންގެ ފަރުވާ އާއިބެހޭ މަޢުލޫމާތުތައް އެކުދިންގެ ބެލެނިވެރިންނަށް އިސްނަގައިގެން، ވީ އެންމެ ފުރިހަމައަށް އޮޅުންފިލުވައި ދީ، ދޭންޖެހޭ ޞިއްޙީ އިރުޝާދު ދިނުމާއި، ހޯދައި ދިނުމާއި އެކު އެކަން ބެލެނިވެރިންނާއި ކަމާގުޅޭ ފަރާތްތަކުންވެސް ކުރޭތޯ ގަވައިދުން މޮނީޓަރކުރުން އަދި މޮނީޓަރިން ޝީޓް/ޕޯރޓަލް އަދާ ހަމަކުރުން. 6. ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް ތެލެސީމިއާގެ ސަބަބުން ޖެހޭ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި، ހަވާލުކުރެވޭ އަދި ކުރަން ކަނޑައަޅާ ފަންނީ މަސައްކަތްކާއި އަދި މެޑިކަލް އިދާރީ މަސައްކަތްތައް ކަމާގުޅޭ މުވައްޒަފުން މެދުވެރިކޮށް ކޮންމެ ދުވަހަކު ފުރިހަމަ ކުރުވުން. މީގެ ތެރޭގައި އުސޫލުތައް ޑްރާފްޓް ކުރުމާއި، ޕޭޝަންޓް މެޑިކަލް ރިކޯޑް ބެލެހެށްޓުމާއި އަދި ޑެއިލީ ސްޓެޓިސްޓިކްސް ރިޕޯރޓް މައުލޫމާތު ނަގައި، އެކުލަވާލައި އަދާހަމަ ކުރުވައި ރިޕޯރޓްތައް ޗެކުކޮށް ހުއްދަ އަށް ފޮނުވުން. 7. ބަލިމީހުންނާއި ޚިދުމަތް ހޯދާމީހުންގެ ޞިއްޚީ މަޢުލޫމާތު ލިޔެ ރެކޯޑްކޮށް، މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމާގުޅޭ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފާގެ މަތިން މެދު ނުކެނޑި ފަރުވާ ކުރިއަށް ގެންދިޔުމާއި، ޓީމުގެ އެހެން ޞިއްޚީ ޚިދުމަތްތެރިންނާއި ކޭސްތަކުގެ އަދާހަމަ ހިއްސާކުރުން، އަދި އެޕޮއިންޓްމަންޓްސް ހަމަޖެއްސުމުގައި ވިލަރެސްކުރުން. މީގެ، ތެރޭގައި، ބޯންމެރޯ ޓްރާންސްޕްލާންޓު ޚިދުމަތާ ގުޅޭ އިންތިޒާމީ ކަންކަމާއި، އެނޫންވެސް މެޑިކަލް ޚިދުމަތްތަކާ ގުޅިގެން، ބަލި މީހުންނާއި އަދި އިދާރާތަކާއެކު ވިލަރެސްކުރުމަށް ފޯކަލް ޕޮއިންޓުގެ ގޮތުގައި މަސައްކަތް ކުރުމަށް ހަވާލުކުރާ ހާލަތްތަކުގައި އެ މަސައްކަތް ކޮންމެ ދުވަހަކު ފުރިހަމަ ކުރުން. 8. ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރާ ހަވާލުވެ ހުންނަ މެޑިކަލް އޮފިސަރާ ގުޅިގެން، ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ދިރިއުޅޭ ބަލިމީހުންގެ ފަރުވާގެ ކަންކަން ކޮންމެ ދުވަހަކު ވިލަރެސްކުރުމާއެކު މެޑިކަލް ސްޕެލިސްޓުންގެ ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާ ދިނުމުގައި ޞިއްޙީ ޙިދުމަތް ދޭ މަރުކަޒުތަކަށް ގުޅައިގެން ފަރުވާ ދިނުމަށް ދޭންޖެހޭ އިރުޝާދު ޞިއްޙީ ޙިދުމަތްތެރީންނަށް ގަވައިދުން ލިޔުމުން ފޯރުކޮށް ދިނުމާއި އަދި މިކަމާ ގުޅޭ ރެކޯޑްތައް ކޮންމެ ދުވަހަކު ތައްޔާރުކޮށް ބެލެހެށްޓުން. 9. ތެލަސީމިއާ ގުޅޭ ގައުމީ ލަނޑުދަނޑިތަކާއި ޕޮލިސީ ނިންމުންތަކާއި، ޕްލޭންތަކާއި އަދި އެކިއެކި ހަރަކާތްތަކުގެ އަމާޒަށް ވާޞިލްވުމަށް، ޑިރެކްޓަރ ޖެނެރަލް އެކުލަވާލާ ޓާސްކް ފޯސް، ސްޓިއަރިން ކޮމިޓީ، ޕްރޮޖެކްޓް އަދި އެކްޓިވިޓީ ޓީމުގެ މެމްބަރެއްގެ ގޮތުން، ކަނޑައަޅާ ހަވާލުކުރާ ފަންނީ އަދި ސެކެޓްރިއޭޓް މަސައްކަތްތައް ވިލަރެސްކުރުމާއެކު މައުލޫމާތު އެއްކޮށްގެން، އަމަލީގޮތުން އިތުރު ވަގުތު ހޭދަ ކޮށްގެން އިސްކަން ދީގެން ފުރިހަމަކުރުމާއި އަދި ކުރުވުން. 10.ރާއްޖޭގެ އެކިއެކި ސަރަހައްދު ތަކަށާއި، ވަކި އާބާދީތަކަށް އަމާޒުކޮށް، ތެލެސީމިއާ ކޮންޓްރޯލް ކުރުމަށާއި، އަދި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޑިއުކޭޝަން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރު ކުރުމާއި، ޕްލޭން ހަދައިގެން ގަވައިދުން ރަށްރަށަށް ދަތުރުކޮށްގެންނާއި، މީޑިއާ އަދި އެނޫންވެސް ޒަރިއްޔާތައް މެދުވެރިކޮށް ސެޝަންސް ނަގައި ދިނުމާއި އަދި ހުށަހެޅުން. 11. މަސައްކަތް ސުޕަވައިޒު ކުރުމަށް ހަވާލުކުރެވޭ މުވައްޒަފުންގެ ސުޕަވައިޒުކުރުމާއި، ކަމާގުޅޭ ހުއްދަތައް ނަގައިގެން މަސައްކަތް ކުރާކަން ކަށަވަރުކުރުމާއި، މަސައްކަތަށް އަހުލުވެރިކުރުވައި ކޮންމެ މަހަކު ތަމްރީނު ކުރުމާއި، ދެވޭ ޞިއްޙީ ޚިދުމަތްތައް ދެވެނީ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނަގައިގެންކަމާއި، ކަމާ ގުޅޭ ޕޯރޓަލްތައް ބޭނުންކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގައި އިދާރީބައި ނުވަތަ މެޑިކަލް އެޑްމިން އަށް ޚިއްސާކޮށް އެހީތެރިވެ އެ މަސައްކަތް ތައް ކުރީބައިގައި ނިންމައި އިންތިޒާމުތައް ހަމަޖެހިފައިވާ ކަން ކަށަވަރުކުރުން. 12. ތެލަސީމިއާ ކުދިންގެ ފަރުވާގެ ނިޒާމް ތަރައްޤީކޮށް އަދި ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގެ އެކިއެކި ހޮސްޕިޓަލުތަކާއި، ޞިއްޙީ މަރުކަޒުތަކާއި އަދި ޕަބްލިކް ހެލްތު ޔުނިޓްތަކުގައި ބަލިމީހުންނަށް ފަރުވާ ދޭ ޞިއްޙީ ޚިދުމަތްތެރީންނަށް ބޭނުންވާ ތަމްރީންތަކާއި އަދި ކްލާސްތައް ޕްލޭންކޮށްގެން އަދި މެޓީރިއަލްސް ތައްޔާރުކޮށްގެން މެދުނުކެނޑި ކޮންމެ މަހަކު ނަގައިދިނުމާއި، އެފަދަ ސެޝަންތައް އިންތިޒާމުކުރުމާއި، އަދި ތެލަސީމިއާ ބަލީގެ މީހުންގެ ފަރުވާއާ ގުޅުން ހުރި ފަހުގެ ދިރާސާތަކާގުޅިގެން އެ ހޯދުމަކާ ގުޅޭ ޕްރޮޓޮކޯލްސްތަކާ ގުޅޭ ލިޔުންތައް ޑްރާފްޓް ކުރުމުގައި އެހީތެރިވުމާއި އަދި އެ ފަދަ މައުލޫމާތު އެ ފަރާތްތަކާ ގަވައިދުން ބައްދަލުވުން ބޭއްވުމާއެކު ހިއްސާކުރުން. 13. ޑިރެކްޓަރ ޖެނެރަލް ހަވާލުކުރާ މަސައްކަތްތަކުގައި އަދި މޮނީޓަރކުރެވޭ ފަރުވާގެ ކަންކަމާ ގުޅޭގޮތުން ކޮންމެ ދުވަހަކު އަދާހަމަ ދިނުމާއި، އަދި ޞިއްޙީ ފަރުވާއާ ގުޅިގެން ހަވާލުކުރާ މަސައްކަތްތަކާއި އަދި ވަޒީފާގެ މަސްއޫލިއްޔަތުގައި ހިމެނޭ ކަންކަން އިންތިޒާމު ކުރުމުގައި އަދި ވިލަރެސް ކުރުމުގައި އިރުޝާދާއެކު ފުރިހަމަކުރުން. 14. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ކުރުމާއި، އަދި ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން. |
|
މަޤާމުގެ ޝަރުތުތައް |
މޯލްޑިވްސް މެޑިކްލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން. އަދި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށްވުރެ ދަށްނޫން، ސްޕެޝަލިޓީ މާރސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން |
|
|
|
|
ތަޢުލީމީ ދާއިރާ: |
ޖެނެރަލް މެޑިކަލް ކޮލިފިކޭޝަން (އެލޯޕެތިކް މެޑިސިންގ) ޕީޑިއެޓްރިކްސް |
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: |
ޕީޑިއެޓްރިކްސް |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.) 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". 7. މުއްދަތު ހަމަނުވާ ލައިސަންސް، ރެޖިސްޓްރޭޝަން އަދި އިންޓާންޝިޕް ފުރިހަމަކުރި ކަމުގެ ލިޔުން |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
އަސާސީ ޝަރުޠު ހަމަވުމުން ދެވޭ ޕޮއިންޓް – %30 ޝަރުތު ހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓް – %20 އިންޓަރވިއު އަދި ޕްރެޒެންޓޭޝަން - %50 |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 14 ޑިސެންބަރ 2025 ވާ އާދިއްތަ ދުވަހު 13.30ގެ ކުރިން [email protected] އަށެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ. |
|
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު: |
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 ޑިސެންބަރ/ޖަނަވަރީ މަހުގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|
