ދިވެހިރާއްޖެ
އެމްޓީސީސީ ތިލަފުށި ސައިޓްގައި ޤާއިމްކުރެވިފައިވާ ޓަކްޝޮޕް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: MTCC-PD/IU/2025/0613 (13 ނޮވެމްބަރު 2025) ގެ އިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަފްސީލު |
ތާރީޚް |
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ސާފުކުރުން |
11 ޑިސެމްބަރ 2025 |
ބުރާސްފަތި |
10:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
18 ޑިސެމްބަރ 2025 |
ބުރާސްފަތި |
10:00 |
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
