ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ނީލަން ކިޔުން

މި ޓްރައިބިއުނަލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައި ނުވާތީ، މި ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

 މި ނީލަމުގައި ވިއްކާލެވޭތަކެތި ބަހާލެވިފައިވާ 3 (ތިން) ލޮޓުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.

 ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ފައިސާ ދައްކަންވާނެއެވެ. އެ މުއްދަތުގައި ފައިސާ ނުދައްކާނަމަ، އެތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. ފައިސާ ދެއްކެވުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. ފައިސާ ދެއްކުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ނުގެންދާ ތަކެއްޗާމެދު މި އޮފީހަށް ފެންނަ ގޮތަކަށް ޢަމަލުކުރެވޭނެއެވެ.

 ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުގުވެރިވާ ފަރާތްތަކުން 15 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ ހެދުނު 10:00 އަށް މި ޓްރައިބިއުނަލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ.

 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3015555 ނަންބަރު ފޯނަށެވެ.

04 ޑިސެންބަރު 2025
ހޯދާ