ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ރޭންކް - 4 ސްޓެޕް 1

   ނަންބަރު: (IUL)212-H/212/2025/36

އިޢުލާނު

 

މަޤާމު:

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-418268

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް-04 / ސްޓެޕް-1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް / ކ.މާލެ

ކޯޕަރޭޓް އެފެއާޒް ސެކްޝަން

މުސާރަ:

މަހަކު 8,505/- ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2,555/- ރުފިޔާ

ހާޒިރީ ޢިނާޔަތް:

  1. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

 ހާޒިރީ ޢިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 70.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕޮލިޓިކަލް މަޤާމް ތަކުގައި ތިއްބަވާ ބޭފުޅުންގެ ސެކްޓެރިއޭޓް މަސައްކަތުގައި ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  2. ޕޮލިޓިކަލް މަޤާމް ތަކުގައި ތިއްބަވާ ބޭފުޅުން ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތައް އިންތިޒާމް ކުރުމާގުޅޭގޮތުން އެމަސައްކަތްތަކުގައި ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  3. ޕޮލިޓިކަލް މަޤާމްގައި ތިއްބަވާ ބޭފުޅުންނަށް ބޭނުންވާ ތަކެތި ބަރާ ބަރަށް ހުރޭތޯ ބެލުމާއި ތަކެތި ނެތްނަމަ ބޭނުންވާ ތަކެތި އިދާރީ ސެކްޝަންގެ އެހީތެރިކަމާއެކު ފޯރުކޮށްދިނުން.
  4. ޕޮލިޓިކަލް މަޤާމް ތަކުގައި ތިއްބަވާ ބޭފުޅުން ބާއްވަން ބޭނުންފުޅުވާ އެކިއެކި މީޓިންގތަކުގެ އިންތިޒާމް ހަމަޖެއްސުމާއި ދުރާލާ ރޭވިފައިވާ މީޓިންތަކަށް ރިމައިންޑަރ ފޮނުވުމާއި މީޓިންގ ނިމުމުން ޔައިމިއްޔާ ނޯޓްކުރަންޖެހޭ ބައްދަލުވުންތަކުގެ ތަޔުމިއްޔާ ލިޔެ ތައްޔާރުކުރުން. އަދި މީޓިންގ އަށް ބޭނުންވާ ފެނާއި ކޮފީގެ ޚިދުމަތް ފޯރުކޮށްދެވޭނެ އެންމެހާ އިންތިޒާމުތައް ރާވާ ހިންގާ އެކަން ހިނގާ ނުހިގާގޮތް ބަލާ މޮނިޓަރކުރުން.
  5. ޕޮލިޓިކަލް މަޤާމް ތަކުގައި ތިއްބަވާ ބޭފުޅުންނާއި ގުޅުން ހުރި ކަންކަމުގައި އެފަރާތާއި މަޝްވަރާކޮށް އެދިލައްވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓްތައް ހަމަޖެއްސާ އެކަން ބެލެހެއްޓުން.
  6. ޖެމްސް މެދުވެރިކޮށް އޮފީހަށް ލިބޭ ސިޓީއާއި ލިޔެކިއުމާއި، "އިންފޯ" އީ-މެއިލްއަށް އަންނަ ލިޔެކިއުންތަކާއި، އޮފީހުގެ ކައުންޓަރަށް ލިބޭ ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަނެ އެންޓްރީކޮށް ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން ސެކްޝަންތަކަށް ފޮނުވުމާއި، އެންމެހައި ލިޔެކިއުންތައް ދުވަހުން ދުވަހަށް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވިފައިވާކަން ޔަޤީންކުރުމާއި، ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީ ތަރުތީބުކޮށް ބެލެހެއްޓުމާއި، އާކައިވް އާއިގުޅޭ މަސައްކަތްކުރުން.
  7. އޮފީހުގެ ޕީ.އޭ.ބީ.އެކްސް ސިސްސްޓަމަށް އަންނަ ފޯނު ޖަވާބުދިނުމާއި، ކަސްޓަމަރު އެދިލައްވާ ޚިދުމަތަކާއި ގުޅޭ ސެކްޝަނަށް ފޯނުކޯލުތައް ފޮނުވުން.
  8. އެކި ބޭނުންތަކުގައި ޑިޕާޓްމަންޓަށް ޚިދުމަތް ހޯދަން އަންނަ މީހުންނަށް މުޢާމަލާކުރުމާއި، އެދިލައްވާ ޚިދުމަތަކާއި ގުޅޭ ސެކްޝަން މުވައްޒަފުންނަށް ގުޅައިގެން ޚިދުމަތް ފޯރުކޮށްދިނުން.
  9. ޑިޕާޓްމަންޓާއި، ޑިޕާޓްމަންޓުގެ ދަށުން ހިންގަމުންދާ މަރުކަޒުތަކުގެ ޢިމާރާތުގެ ކުއްޔާއި، ޔޫޓިލިޓީ ބިލުތަކާއި، ފޯނު، ކޭބަލްޓީވީ ބިލުތައް ފައިސާ ދެއްކުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން މަހުންމަހަށް މިނިސްޓްރީގެ ބަޖެޓް ސެކްޝަނަށް ފޮނުވުމާއި، ބިލުތައް ގަވާއިދުން ދައްކަމުންދާކަން ޔަޤީންކުރުމާއި، ރެކޯޑު ބަލަހައްޓަމުން ގެންދިއުން.
  10. ސެކްޝަނަށް ލިބޭ ސިޓީތަކުގެ ޖަވާބު ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ވެރިޔާގެ ލަފާގެމަތިން ލިޔެ ފޮނުވުމާއި، އޮފީހުގެ ފަރާތުން ޖަލްސާތަކާއި، ބައްދަލުވުންތަކަށް ފޮނުވާ ބޭފުޅުން ވެރިޔާގެ ލަފާމަތިން ހަމަޖައްސައި ވިލަރެސްކޮށް ރެކޯޑު ބެލެހެއްޓުން.
  11. އޮފީހުގެ ދުވަހުގެ ޔައުމިއްޔާ ގަވާއިދުން ލިޔެ ބެލެހެއްޓުމާއި، ވީކްލީ ރިޕޯޓު ކަޑައެޅިފައިވާ އުސޫލްގެ މަތިން ތައްޔާރުކޮށް ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން ފޮނުވުން.
  12. އޮފީހުގެ މީޓިންގ ރޫމް ދޫކުރުމާއި، ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސައިދިނުމާއި، އިދާރީ ބޭނުންތަކަށް ބިޒްނަސް އެސެޓްސް (ލެޕްޓޮޕް ކެމެރާ ފަދަ އާލާތްތައް) ދޫކުރުމާއި، ކަމާގުޅޭ ލިޔެކިއުމާއި ރިކޯޑު ބެލެހެއްޓުން.
  13. ގިނަދުވަސްވެފައިވާ ލިޔެކިއުންތައް ކަނޑައެޅިފައިވާ ގަވާއިދާއި އެއްގޮތަށް އަރުޝީފުކުރުމާއި، ޑިޕާޓްމަންޓުގެ ގުދަނަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި ރެކޯޑު ބެލެހެއްޓުން.
  14. އަހަރީ ރިޕޯޓަށް ބޭނުންވާ މައުލޫމާތު ސެކްޝަންތަކުން ހޯދައި، ސެކްޝަން ވެރިޔާގެ ލަފާގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގައި އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  15. އޮފީސް ހިންގުމަށް ބޭނުންވާ މުދަލާއި ޚިދުމަތާއި، ސެކްޝަންތަކަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދުމަށް ޕްރޮކިއަމަންޓަށް ފޮނުވުން.
  16. ޑިޕާޓްމަންޓަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުމާއި، ސިވިލް ސަރވިސް ގަވާޢިދުގެ ތެރެއިން އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތަކާއި ޒިންމާ ތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:

 

-          އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް

-          ޕަބްލިކް މެނޭޖްމަންޓް، މެނޭޖްމަންޓް

ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް:

    އެޑްމިނިސްޓްރޭޝަން

    މެނޭޖްމެންޓް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޑިސެމްބަރ 2025 ވަނަ ދުވަހުގެ  13:00ގެ ކުރިން،ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، ހ.ސަކީނާމަންޒިލް (4 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓްގައި ފޮނުވުމަށް ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 14 ޑިސެމްބަރ 2025 އާއި 25 ޑިސެމްބަރ 2025 ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް (ހ.ސަކީނާމަންޒިލް، 4 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031498 ނުވަތަ 3031488 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ރެކްރޫޓްމަންޓް އުޞޫލު"  (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

04 ޑިސެންބަރު 2025
ހޯދާ