ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހައިކޯޓަށް ނެޓްވޯކް ސުވިޗް ހޯދުން

އަންދާސީހިސާބު ހޯދުން

ދިވެހިރާއްޖޭގެ ހައިކޯޓަށް 48 ޕޯޓްގެ ނެޓްވޯކް ސުވިޗެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)95-PM/95/2025/54 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީވެ،  އެ އިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.  

       ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 11 ޑިސެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއެކު) ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑީގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ.

   މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

14 ޖުމާދުލްއާޚިރް 1447

04 ޑިސެންބަރު 2025  

 

04 ޑިސެންބަރު 2025
ހޯދާ