ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ވެހިކަލް ކުއްޔަށް ދޫކުރުމުގެ އުޞޫލަށް ގެނެވުނު އިޞްލާހު އާންމުކުރުން

 ނޯޓް

ނޯޓް : މިދަންނަވާ ގޮތަށް ވެޙިކަލް ކުއްޔަށް ދޫކުރުމުގެ އުސޫލް އިސްލާޙް ކުރެވިފައިވަނީ 20 ނޮވެމްބަރ 2025

- އަމިއްލަ ފަރުދުންނަށް ގަޑިއިރަކަށް އެކުސްކަވޭޓަރ ދޫކުރެވޭނީ 1000ރ (އެއްހާސް) ރުފިޔާ ރޭޓުންނެވެ. މުއައްސަސާތަކާއި، ވިޔަފާރިތައް އަދި ކުލަބް ޖަމިއްޔާތަކަށް އެކުސްކަވޭޓަރ ދޫކުރެވޭނީ ގަޑިއިރަކަށް 1500ރ (އެއްހާސް ފަސްސަތޭކަ) ރުފިޔާގެ ރޭޓުންނެވެ. ގަޑި އިރަކަށްވުރެ އިތުރުވާ ވަޤުތަށް މިނެޓެއްގެ ރޭޓުން އަގުކުރެވޭނެއެވެ. (އެކުސްކަވޭޓަރ ކުއްޔަށް ދޫކުރޭވޭނީ މަދުވެގެން 1 (އެކެއް) ގަޑިއިރަށެވެ)

- އަމިއްލަ ފަރާތްތަކަށް ރަށުޕިކަޕް ދޫކުރެވޭނީ ގަޑިއިރަކަށް 100ރ(އެއްސަތޭކަ)ރުފިޔާ ރޭޓުންނެވެ. މުއައްސަސާތަކާއި، ވިޔަފާރިތައް ، ކުލަބް ޖަމިއްޔާތަކަށް ރަށު ޕިކަޕް ދޫކުރެވޭނީ ގަޑިއިރަކަށް 200ރ (ދުއިސައްތަ) ރުފިޔާގެ ރޭޓުންނެވެ.

- ޕިކަޕް އާންމު ދަތުރެއްކުރާނީ 80ރ ރޭޓުންނެވެ. 

- ކުނިކޮއްޓަށް ކުނީގެގޮތުގައި އުފުލޭ ތަކެތި ހިފައިގެން ޕިކަޕް ދަތުރެއްކުރާނީ 100 ރުފިޔާއަށެވެ.

- ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، ލަކުޑިފިލާފަދަ ބާވަތްތައް އުފުލާ ޕިކަޕް ދަތުރެއް ކުރާނީ 100 ރުފިޔާއަށެވެ. (ސިމެންތި، ހިލަ، ހިލަވެލިފަދަ ބަސްތާ ދަތުރަކަށް ގިނަވެގެން އެރުވޭނީ 40 ބަސްތާއެވެ)

 - ޑީސަލް، ޕެޓްރޯލް، ރެސިން، ރޮޓެއްލާފަދަ 200 ލީޓަރ ފީފާއެއް ޕިކަޕގައި އުފުލޭނީ 35 ރުފިޔާ ރޭޓުންނެވެ.

(ފީފާއެއް 35 ރުފިޔާ ރޭޓުން ދަތުރެއް ކުރާނީ މަދުވެގެން ދަތުރެއްގައި 3 ފީފާ އުފުލާނަމައެވެ)

 

- ލޮނުވެލި ބަސްތާއެއް ޕިކަޕުގައި އުފުލޭނީ 3 ރުފިޔާ ރޭޓުންނެވެ. ( ބަސްތާއެއް 3 ރުފިޔާ ރޭޓުން ދަތުރެއްކުރާނީ އާންމުކޮއް ބޭނުންކުރާ ސައިޒުގެ ބަސްތާއިން ބަލާނަމަ 2/1 ބަސްތާއަށްވުރެ އިތުރުނުވާ ގޮތަށް މަދުވެގެން 50 ބަސްތާ ދަތުރެއްގައި އުފުލާނަމައެވެ. 50 ބަސްތާއަށްވުރެ މަދުން ބަސްތާ އުފުލާގޮތަށް ދަތުރު ކުރިނަމަވެސް އަގުކުރެވޭނީ 50 ބަސްތާ ރޭޓުގައެވެ.

 

- ޕިކަޕު ލައިސެންސް ނެގުމުގެ ބޭނުމަށް (ޓެސްޓަށް ދުއްވަން) ދޫކުރާނީ 100 ރުފިޔާއަށެވެ.

- ޕިކަޕް ދުއްވަން ދަސްކުރުމުގެ ބޭނުމަށް ކައުންސިލްގެ ޑުރައިވަރާއެކު ޕިކަޕް ދޫކުރާނީ 1 ގަޑިއިރަށް 500 ރުފިޔާށެވެ.

ފަސިންޖަރުން އުފުލާ ބަގީ ދަތުރެއްކުރާނީ 80 ރުފިޔާއަށެވެ. ފަސިންޖަރުން އުފުލާ ބަގީ އެއްގަޑިއިރަށް ދޫކުރާނީ 200 ރުފިޔާއަށެވެ. ގަޑި އިރަކަށްވުރެ އިތުރުވާ ވަޤުތަށް މިނެޓެއްގެ ރޭޓުން އަގުކުރެވޭނެއެވެ.

 

- ވެހިކަލް ކުއްޔަށްނަގާ ވަޤުތު ބަލާނީ ބަގީ ދަތުރު ޙިދުމަތްފެށޭ ވަޤުތުން ފެށިގެން ދަތުރު ނިމުމުގެ ނިޔަލަށެވެ. އެކުސްކަވޭޓަރ މަސައްކަތްކުރާ ސައިޓަށް  ވަންނަ ވަޤުތުން ފެށިގެން މަސައްކަތް ނިންމާ ވެޙިކަލް އެ ސައިޓަކުން ނިކުންނަ ވަޤުތުގެ ނިޔަލަށެވެ.

04 ޑިސެންބަރު 2025
ހޯދާ