ދިވެހިރާއްޖެ
އިޢުލާން
"ރ.ވާދޫ ފުޓްސަލްކަޕް 2025" ސްޕޮންސަރ ކުރުމުގެ ފުރުސަތު
މިކައުންސިލުން އިންތިޒާމުކޮށްގެން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި އިސްތިހާރު ކުރުމަށާއި ސްޕޮންސަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިޢުލާނާއިއެކު އާންމުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާގޮތުގެމަތިން، 2025 ޑިސެމްބަރ 11 ވާ ބުރާސްފަތި 11:00 އަށް ވާދޫ ކައުންސިލްގެ އިދާރައަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި، ހުށަހެޅޭ އިސްތިހާރުތަށް، އުސޫލުގައި ބަޔާންކޮށްފައިވާގޮތަށް ތައްޔާރުކޮށް 2025 ޑިސެމްބަރ 18 ވާ ބުރާސްފަތި 11:00ގެ ކުރިން ކައުންސިލަށް ހުށަހަޅަންވާނެއެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.
