ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ތާރީޚް

 03 ޑިސެންބަރު 2025

ނަންބަރު

 (IUL)168-CA/1/2025/118 

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

މަޤާމު:

 އެސިސްޓެންޓް ޑިރެކްޓަރ 

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/11,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

 1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް)  ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

 2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

 3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް)  ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ 

 4. ސީނިއަރ އޮފިސަރ މަޤާމުގެ ޝަރުތުހަމަވުމާއެކު ސީނިއަރ އޮފިސަރގެ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޑިރެކްޓަރގެ ލަފާގެމަތިން ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް މޮނިޓަރކޮށް، މުވައްޒަފުންގެ މަސައްކަތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވުން.
  2. ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މަސައްކަތަތްތައް ސުޕަވައިޒް ކުރުމާއި މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދީ، ޔުނިޓުގެ މަސައްކަތް ޑިރެކްޓަރގެ ލަފާގެމަތިން ވިލަރެސް ކުރުން.
  3. ޑިޕާޓްމަންޓް ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ޑިރެކްޓަރގެ ލަފާގެމަތިން ރާވާ ހިންގުމާއި ޑިޕާޓްމަންޓުގެ އިދާރީ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑިރެކްޓަރއަށް ލަފާދިނުމާއި އެއްބަސްވެވޭ ގޮތެއްގެ މަތިން މަސައްކަތްތައް ރާވައި ހިންގުން.
  4. ޑިޕާޓްމަންޓްގައި ޑިރެކްޓަރ ނެތް ޙާލަތެއްގައި ޑިޕާޓްމަންޓު ލީޑްކޮށް ހިންގުމާއި، މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މުވައްޒަފުންނަށް އިރުޝާދު ދިނުން.
  5.  ކޮންމެ އަހަރެއްގެ ޑިޕާޓްމަންޓުގެ އެނުއަލް ވޯރކް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމާއި ޕްލޭންގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރެވެމުންދާ މިންވަރު މޮނިޓަރކުރުން.
  1. އެން.ޕީ.އެމްގެ ވޯކް ޕްލޭންގައިވާ މަޤްސަދުތައް ހާޞިލްކުރުމަށްޓަކައި، މި ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ޑައިރެކްޓަރގެ ލަފާގެ މަތިން ތަންފީޒުކޮށް އެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުތަކުގައި ކުރުން.
  2. އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭ ތަންތަނަށް ކުރާ ޒިޔާރަތްތައް ޑިރެކްޓަރގެ ލަފާގެމަތިން ރާވައި، އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި ރިޕޯޓު ތައްޔާރުކޮށް ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކުރުން.
  3. މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި އަނިޔާވެރި ލާއިންސާނީ އަދި ދަށުދަރަޖައިގެ އަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކަށް ހިއްސާކޮށްފައިވާ ރިޕޯޓުތަކާއި އަދި ޒިޔާރަތްތަކުން ފާހަގަވާކަންތައްތަކާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާ ބައްދަލުވުންތައް ބޭއްވުން.
  4. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުކުރުމަށްޓަކައި ކަމާގުޅުން ހުރި އިދާރާތަކާއެކު ސްޓޭކް ހޯލްޑަރ ސިމްޕޯޒިއަމް އަދި ބައްދަލުވުންތައް ބޭއްވުން.
  5. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ބަލައި އެކަންކަމާގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ހުށަހެޅުންތަށް ތަންފީޛުކުރުމަށް މަސައްކަތްކުރުން.
  6. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި  އިދާރާތަކާއި އެހެނިހެން ފަރާތްތަކުގެ ސަމާލުކަމަށް ގެންނަޖެހޭ މަސައްކަތްތައް ކުރުން.
  7. ޑިޕާޓްމަންޓުގެ އިދާރީ އެންމެހައި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑިރެކްޓަރގެ ލަފާގެ މަތިން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.
  8. އެން.ޕީ.އެމް އަދި ކޮމިޝަނުން ކަނޑައަޅާ ރިޕޯޓުތަށް ޑައިރެކްޓަރގެ ލަފާގެމަތިން އެކުލަވާލައި  އާންމުކުރުން.
  9. އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އިދާރާތަކާ ޖަމްޢިއްޔާތަކާއި އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުމާއި ކޮމިޝަނާ އޮންނަ ގުޅުން ދެމެހެއްޓުން.
  10. ކޮމިޝަނުން ފާސްކުރާ އެން.ޕީ.އެމްގެ ރިޕޯޓުތަކާއި ސްޓޭޓްމަންޓްތައް ތަރުޖަމާ ކުރުމާއި އެފަދަ މަޢުލޫމާތުތައް ޑިރެކްޓަރުގެ ލަފާގެމަތިން ކަމާގުޅުންހުރި ބައިނަލްއަޤްވާމީ އިދާރާތަކާ ހިއްސާކުރުން.
  11. ރެކަމަންޑޭޝަން އޮޑިޓްގެ މަސައްކަތްތައް ރާވައި ހިންގުމާއި އެކަންކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ޑިރެކްޓަރުގެ ލަފާގެމަތިން ތައްޔާރުކުރުން.
  12. އެން.ޕީ.އެމްގެ މެޕިންއާއި ގުޅުންހުރި މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަދާހަމަކުރަމުން ގެންދޭތޯ ބަލައި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  13. ޑިރެކްޓަރގެ ލަފާގެ މަތިން ނޫސްބަޔާން ތައްޔާރުކުރުމާއި އެން.ޕީ.އެމްގެ އެޑްވޮކަސީ މަސައްކަތްތައް ކުރުން.
  14. އެން.ޕީ.އެމްގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ރިސާޗް / ތަޙުލީލުތަކުގައި ޑިރެކްޓަރުގެ ލަފާގެ މަތިން ޢަމަލީ ގޮތުން ބައިވެރިވުން.
  15. އެން.ޕީ.އެމްގެ މަސައްކަތްތައް ހަރުދާނާކުރުމުގެގޮތުން ކުރަންޖެހޭ ކަންކަން ދިރާސާކޮށް، އެފަދަ މަސައްކަތްތައް ރާވައި ހިންގުމުގައި ޑިރެކްޓަރުގެ ލަފާގެ މަތިން އަމަލީގޮތުން ބައިވެރިވުން.
  16. މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުދިން ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛުވަމުންދާ މިންވަރު ބެލުމަށް ގާއިމުކޮށްފައިވާ ޕޯޓަލް ބެލެހެއްޓުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ޑިރެކްޓަރުގެ ލަފާގެމަތިންކުރުން.
  17. އެން.ޕީ.އެމްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ޑައިރެކްޓަރގެ ލަފާގެމަތިން ބައިނަލްއަޤްވާމީ އިދާރާތަކާ ޖަމްޢިއްޔާތަކާ ގުޅިގެން އެން.ޕީ.އެމްގެ މަސައްކަތްތަށް ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ތަމްރީން ފުރުސަތުތައް ހޯދުމަށް މަސައްކަތްކުރުން.
  18. ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކާއި، އެވެއަރނަސް ސެޝަންތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  19. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުގެ އެހެނިހެން ދަތުރުތަކުގައި ބައިވެރިވުން.
  20. އަދިވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅާ ޑޮކިއުމަންޓުތަކުގެ ލިސްޓު ކޮންމެ މަޤާމަކަށްވެސް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

 2025 ޑިސެންބަރު 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

03 ޑިސެންބަރު 2025
ހޯދާ