މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ުކެއުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލްގެ މުވައްޒަފުން އަދާކުރައްވަމުންދާ ޚިދުމަތްތަކަށް އަގުވަޒަންކުރުމުގެ ގޮތުންނާއި، އެބޭފުޅުންނަށް އުފާވެރި މާޙައުލެއްގައި އެކީގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި، ބޭއްވުމަށް ހަމަޖެހިފައިވާ "ސްޓާފް ނައިޓް" ގެ ޚާއްޞަ ކެއުންތައްޔާރުކޮށް، ޚިދުމަތް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް  ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

           ވީމާ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޑިސެންބަރު 07 ވަނަ ދުވަހުގެ 11:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް: - ޖީ އެސްޓީ ނަންގަވާ ތަންތަނުން އަގު ޖައްސަވާއިރު ޖީއެސްޓީ ހިމަނުއްވާފައި އަގު ޖެއްސެވުން އެދެމެވެ.

- އަންދާސީ ހިސާބު ހުށަހެޅުމުގައި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަސައްކަތް ރިޢާޔަތްކޮށް އަގު ހުށަހަޅަން ވާނެއެވެ.

- މިކަމަށް އެދި ހުށަހެޅޭ އަންދާސީ ހިސާބު އެޑްރެސް ކުރަންވާނީ " މ.މުލަކު ކައުންސިލްގެ އިދާރާ " އަށެވެ.

03 ޑިސެންބަރު 2025
ހޯދާ