އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ ލޭންޑްސްކޭޕިންގ ޑިޒައިންކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން:

ކުޑަކުދިންގެޕާކުގެ ލޭންޑްސްކޭޕިންގ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށްކުރި ނަންބަރު: 340/340/2025/33 (IUL) (19 މޭ 2025) އިޢުލާނާގުޅިގެން ހުށަހެޅި ފަރާތުން އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވެފައި ނުވާތީ އެ ހުށަހެޅުން ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަރު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ، މި އިޢުލާނާއެކު ހިއްސާކުރެވޭ ބިޑް ޑޮކިއުމަންޓްގެ މަޢުލޫމާތު ޝީޓު (ސެކްޝަން 6)ގެ 11 ވަނަ ޕޮއިންޓުގައި ބަޔާންކުރާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 ޑިސެންބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ މެއިލް، [email protected] އަށް މި މަސައްކަތަށް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ވިޔަފާރި/ކުންފުނީ ނަން/ ވެރިޔާގެ ފުރިހަމަނަމާއި މަޤާމް/ ގުޅޭނެ ނަންބަރު) ފޮނުވަންޖެހޭނެއެވެ. ރަޖިސްޓްރީވުމަށް މެއިލް ނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.

މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑް ޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ އަދި މަސައްކަތުގެ މަޢުލޫމާތުތަކާއި އިރުޝާދުތައް ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލް އަށް 2025 ޑިސެންބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވޭނެއެވެ. އަދި ފޮނުވާ ސުވާލުތަކުގެ ޖަވާބު 2025 ޑިސެންބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވޭނެއެވެ.

މި މަސައްކަތުގެ ބިޑް ބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2025 ޑިސެންބަރު 14 ވަނަ ދުވަހުގެ 10:15 ގައި މި އިދާރާގައެވެ.

03 ޑިސެންބަރު 2025
ހޯދާ