ދިވެހިރާއްޖެ
އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން މިރަށު ހުކުރު މިސްކިތް ''މަސްޖިދުއްލުފުރުޤާން'' ގައި ނެވިލޯން (Vinyl) އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، މިރަށު ހުކުރު މިސްކިތް މަސްޖިދުއްލުފުރުޤާންގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިމަސައްކަތަށް އަންދަސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ އެއްވެސް ފަރާތަކީ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.
ވީމާ، މިބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 14 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، ރަޖިސްޓްރޭޝަންފީ ޓްރާންސްފަރކޮށް، ޓްރާންސްފާރ ސްލިޕް އަދި ފުރިހަމަކޮށްފައިވާ ރަޖިސްޓްރީވުމަށްއެދޭ ފޯމް [email protected] މެއިލް މެދުވެރިކޮށް ހުށަހެޅުއްވުންއެދެމެވެ. ރެޖިސްޓްރޭޝަންފީ -/1000 ރުފިޔާ ޓްރާންސްފާރ ކުރައްވާނީ މިއިދާރާގެ އެކައުންޓް: 1329 ރެވެނިއު 1، 7720700408001 އަށެވެ. މި ބީލަމާއިގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި ލަންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަންދާސީ ހުށަހަޅަން ބަދަލުގައި މީހަކު ފޮނުވާނަމަ އަންދަސީ ހިސާބު ބަލައިގަނެވޭނީ، ބަދަލުގައި އަންދާސީ ހިސާބު ހުށަހަޅާކަން ބަޔާންކޮށް ވެރިފަރާތުން ދޫކޮއްފައިވާ ސިޓީ އާކާއި، ޙާޟިރުވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއެކުއެވެ. އަދި އަންދާސީ ހިސާބު އޮންލައިކޮށް ބަލައިގަތުން ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން: 6560007 ނަމްބަރާއި ރަސްމީގަޑީގައި ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
