ދިވެހިރާއްޖެ
1. ރ.އިނގުރައިދޫ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުން އަދި ލައިޓިންގ ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަމަވެ.
2. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފީ 100ރ (ސަތޭކަ ރުފިޔާ) ދެއްކެވުމަށްފަހު، ޓްރާންސްފާރ ސްލިޕާއި، މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 14 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑް ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ރަޖިސްޓްރޭޝަން ފީގެ ޓްރާންސްފާރ ސްލިޕް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެއެވެ. މިދެންނެވުނު ގޮތަށް ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މިމަސައްކަތާއިގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީ-މެއިލް ކުރެވޭނެއެވެ.
*ބިޑް ރެޖިސްޓްރޭޝަން ފީ ދައްކަންވީ އެކައުންޓް ނަންބަރ: 1350 REVENUE 1 / 7717700403001
3. މި ބީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން 25000 ރުފިޔާގެ ބިޑް ސެކުޔުރިޓީ ހުށަހަޅަން ޖެހޭނެއެވެ.
4. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. މި ބީލަމުގެ ޕްރީ ބިޑް މީޓީން އޮންނާނީ 18 ޑިސެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
6. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން ނަންބަރު: 6580028
އީ- މެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
