|
މަޤާމު
|
ޑިރެކްޓަރ، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
|
|
މަޤާމުގެ ނަންބަރު
|
J-343213
|
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
|
މަޤާމުގެ ގިންތި
|
ދާއިމީ
|
|
މަޤާމުގެ ރޭންކް
|
ޕަބްލިކް ސަރވިސް ރޭންކް 9 - ސްޓެޕް 1
|
|
ޑިވިޝަން/ ސެކްޝަން
|
ކޯޕަރޭޓް އެފެއަރސް ޑިވިޜަން، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސެކްޝަން
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖްހިޔާ، ކ. ހުޅުމާލެ
|
|
އަސާސީ މުސާރަ
|
-/16,080 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް
|
-/7,505 ރުފިޔާ
|
|
އެހެނިހެން އެލަވަންސް
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/205
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- ކަމާގުޅޭ ޤާނޫނާއި އަދި ޤަވާޢިދާއި އަދި އިދާރާގެ މެންޑޭޓާ އެއްގޮތަށް، ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާރވިސަސް ހަވާލު ކުރާ އިދާރީ އަދި ފަންނީ ކަންކަމުގެ އިންތިޒާމުތައް ވިލަރެސްކުރުމާއި، އަދި ތަންފީޒުކުރުމުގައި އިސްކޮށް އެހީތެރިވެ ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމާއިއެކު އޮންކޯލްގައި ހަރަކާތްތެރިވުން. އެގޮތުން، މަސްއޫލިއްޔަތާ ގުޅޭ ކަންކަމުގައި ޑިރެކްޓަރ ޖެނެރަލް އިރުޝާދުގެ ދަށުން މަސައްކަތްތައް ވަގުތައް ފުރިހަމަކުރުން.
- އިދާރާގެ އެންމެހައި މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ކަންކަން ކުރިޔަށް ގެންދާގޮތް މޮނީޓަރކޮށް ޤަވާޢިދުން ސުޕަވައިޒަރުންނަށް އެހީތެރިވެދީ، ހާޒިރީއާއި، ޑިއުޓީ ތާވަލުތަކާއި، އެކިއެކި ޗުއްޓީއާ ގުޅޭކަންކަން ބެލެހެއްޓުމާއި، ހުއްދަ ހޯދުމާއި، އެހެން އިދާރާތްތަކުގެ ޚިދުމަތް ދިނުމުގެ ޕޯރޓަލްތަކުގެ އެކްސެސް ބެލެހެއްޓުމާއި، ރިކޯޑް ފައިލްތައް ހެދުމާއި އަދި ބެލެހެއްޓުމާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅޭ އެންމެހައި ކަންކަން ކުރުމާއި، ރެކްރޫޓްމަންޓް މަސައްކަތްތަކާއި، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ މަސައްކަތްތައް، ވިލަރެސްކޮށް އަދި އިންތިޒާމުކޮށް ބެލެހެއްޓުމާއެކު، މުވައްޒަފުންނާގުޅޭ އެންމެހައި ކަންކަން ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ކުރުމާއި، މުވައްޒަފުން މެދުވެރިކޮށް ކުރުވުމާއި އަދި މަސައްކަތް ފަރުވާތެރިކަމާއެކު ބެލެހެއްޓުން.
- ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު 2012/04 އާއި، ކަމާގުޅޭ އެހެނިހެން ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް، އިދާރާގެ މާސްޓަރ ޕްލޭން، އަހަރީ އެކްޝަން ޕްލޭން، އޮޕަރޭޝަނަލް ޕްލޭން، ޓްރޭނިންގ ޕްލޭނާއި އެހެނިހެން ޚިދުމަތް ތަރައްޤީ ކުރުމާގުޅޭ ޕްލޭންތަކާއި، އެކްޓިވިޓީ ކަލަންޑަރ އެކުލަވާލުމުގެ މަސައްކަތްތަކާއި ހަރަކާތްތައް ތަންފީޒުކުރުމުގައި އެހީތެރިވުމާއި، ވިލަރެސްކުރުމާއި އަދި އަދާހަމަ ހޯދުމާއި، މޮނީޓަރކުރުމުގެ މަސައްކަތް އިސްނަގައިގެން ފުރިހަމަކުރުން. ބޭނުންވާ އިދާރީ އަދި ފަންނީ ކަންކަމުގައި، ބައިނަލްއަޤްވާމީ އިދާރާތްތަކާއި އަދި ކަމާގުޅޭ ފަރާތްތަކާއި އިދާރާތްތަކާއެކު މަސައްކަތް ފުރިހަމަކޮށް، ރިޕޯރޓްތައް އެކުލަވާލުމާއި އަދި ކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން.
- ދައުލަތުގެ މާލިއްޔަތާ ބެހޭ ޤާނޫނު އަދި ޤަވާޢިދުތަކާއި، ސާރކިއުލާތަކާއި، ކަމާގުޅޭ އިދާރާތްތަކުން އަންނަ އިރުޝާދު ތަކާއެއްގޮތަށް އަދި ލަފާ ހޯދައިގެން ވިލަރެސްކުރުމާއެކު، އެ އަހަރެއްގެ ބަޖެޓާއި ގުޅޭ ކަންކަމުގައި، ކުރިއަށް އޮތް އަހަރަށް ލަފާކުރާ އިދާރާގެ ފުރިހަމަ އަންދާޒާ ބަޖެޓް އެކުލަވާލުމުގެ މަސައްކަތުގައި އިސްކޮށް އެހީތެރިވުމާއި، އިދާރާގެ އެންމެހައި ޚަރަދުތަކުގެ ތަފްސީލު ލިޔުމުން އަދާހަމަކޮށް، ހަރުމުދަލާއި، ހިފާ ގެންގުޅޭ މުދަލުގެ އިންވެންޓްރީ ބެލެހެއްޓުން އަދި މުދާ ހޯދުމާއި، ދޫކުރުމާއި، ރައްކާކުރުމާއި އަދި އިދާރާގެ މެއިންޓަނަންސާގުޅޭ އެންމެހައި ކަންކަން ލިޔެކިޔުމުން އިންތިޒާމުކޮށް ބެލެހެއްޓުން.
- އިދާރާގެ އެކިއެކި އޭރިޔާތަކާއި މުޅި އިދާރާގެ ހަފްތާ، މަހު، އަހަރީ ރިޕޯރޓްތަކަށް ބޭނުންވާ ސްޓެޓިސްޓިކްސް މައުލޫމާތު ޞިއްޙީ ޚިދުމަތްދޭ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތް ތަކުންނާއި، ޑިޕާރޓްމަންޓް ތަކުންނާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެ އަވަސް އިންތިޒާމެއް ގާއިމުކޮށްގެން ހޯދައި އެއްކުރުމާއި، މައުލޫމާތުގެ ޞައްޙަކަން ކަށަވަރު ކުރުމަށްފަހު އާންމުކުރުން އަދި ޝާއިޢު ކުރުން.
- އިދާރާއަށް ހުށަހަޅާ ޚިދުމަތާއި ބޭހާއި، ފިލްޓަރާއި އެނޫންވެސް މުހިއްމު ކަންކަމާ ގުޅޭ ޝަކުވާ ތަކާއި، ޚިދުމަތް ތަރައްޤީ ކުރުމަށް ލިބޭ ޙިޔާލުތަކާއި، އަދި އިދާރާއިން އަމިއްލައަށް އިސްނަގައިގެން ފެންވަރު ރަނގަޅުކުރުމުގެ ނިޒާމު ގާއިމުކޮށްގެން މައުލޫމާތު އެއްކޮށް، އެކަންކަން ޕްލޭންތަކާއި ހަރަކާތްތަކުގައި އެކަށައަޅައި ވިލަރެސްކޮށްގެން ޕްލޭންތަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކޮންމެ ދުވަހަކު ކުރުން. އަދި ޝަކުވާ ނުވަތަ ހިޔާލު ހުށަހަޅާ ފަރާތްތަކާއި ބައްދަލުކުރުން އަދި ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް އިދާރާގައި އިންތިޒާމުކޮށް މި މަސައްކަތް ފުރިހަމަކުރުން.
- އިދާރާއަށް ލިބޭ އަދި ފޮނުވާ އެންމެހައި ރަސްމީ ލިޔެކިޔުން ހަމަޖެހިފައިވާ ނިޒާމެއްގެ ތެރެއިން ބަލަހައްޓައި، އެތެރޭގައި އަމަލުކުރާނެ ފަސޭހަ ނިޒާމެއް ޤާއިމުކޮށް، ލިޔެކިޔުމުގެ ރައްކާތެރިކަމާއި އަދި ސިއްރު ހިފަހައްޓަން ބޭނުންވާ އިންތިޒާމު ހަމަޖައްސައި، އިދާރާގެ ސީނިއަރ މެނޭޖްމަންޓް ބައްދަލުވުމާއި އަދި ބައްދަލުވުންތައް ޤަވާޢިދުން އިންތިޒާމުކޮށް، އިދާރާގެ އެންމެހައި ލިޔެކިޔުންތައް ޑްރާފްޓް ތައްޔާރުކޮށް ހުއްދައަށް ފޮނުވުމާއި، ބަލައިގަތުމާއި، ޔައުމިއްޔާކުރުމައި، ރިޕޯރޓް އެކުލަވާލުމާއި، އަދާހަމަ ކުރުމާއި، އަދި ވަކި ތަރުތީބަކުން ލިޔެކިޔުންތައް ބެލެހެއްޓުމުގެ މަސައްކަތްކޮށް، އިދާރާގެ އެހެނިހެން ޑިޕާރޓްމަންޓް ތަކާއެކު އެއް އިންތިޒާމަކަށް އަމަލުކުރާކަން ކަށަވަރުކޮށް މި މަސައްކަތުގައި ފުރިހަމައަށް ޒިންމާވުން.
- އިދާރާގެ އެތެރޭގައި ދިމާވާ އެކިއެކި ކަންކަމުގައި އިދާރީގޮތުން މައްސަލަ ބެލުމުގެ ކަންކަން ތާވަލުކޮށް އިންތިޒާމުކުރުމާއި، އަދި ރިޕޯރޓް އެކުލަވާލައި ފޮނުވުމުގެ މަސައްކަތް ގާނޫނުތަކާއި ގަވައިދުތަކާ އަދި އެތެރޭގެ އުސޫލުތަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުން. މީގެ ތެރޭގައި އިދާރާގެ އެކި ކޮމިޓީތަކުގެ ސެކެޓްރިއޭޓް މަސައްކަތް ކުރުމާއި، އަންގަންޖެހޭ ކަންކަން ލިޔުމުން މުވައްޒަފުންނަށް އެންގުމާއިއެކު ސޮއިހޯދުމާއި، ބައްދަލުވުންތަކާއި އަދި ކޮމިޓީތަކަށް ހަމަޖައްސައިދޭންޖެހޭ އިންތިޒާމުތައް ހަމަޖައްސައި ވިލަރެސްކުރުމުގެ މަސައްކަތް ފުރިހަމަކުރުން.
- އިދާރާގެ އިންފޮރމޭޝަން ޓެކްނޮލޮޖީގެ މަސައްކަތްތަކާއި، އެވެއަރނަސް، ހެލްތު ޕްރޮމޯޝަން، އެޑްވޮކަސީ، ބްލަޑް ޑޮނޭޝަން ހަރަކާތްތަކާއި، ހޮޓްލައިނާއި އަދި ސާމްޕަލް ޓްރާންސްފަރ ކަންކަން ހަރުދަނާ ކުރުމާއި، ބެލެހެއްޓުމާއި، ވިލަރެސްކުރުމާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބަލަހައްޓައި، ހުއްދަ ހޯދުމާއި އެކު ކޮމިއުނިކޭޝަން، މީޑިއާ އަދި އިދާރާގެ އޮޕަރޭޝަންސް އާއިގުޅޭ އެންމެހާ ކަންކަން ހަމަޖެއްސުމާއި އަދި ތަންފީޒުކުރާކަން ކަށަވަރުކުރުން.
- އިދާރާގެ ޚިދުމަތް މެދުކެނޑުނަ ނުދިމަށްޓަކައި، ކުރީބައިގައި ކްރިޓިކަލް އޭރިޔާތައް ފާހަގަކޮށް ކޮންޓިންޖެންސީ ޕްލޭނާއި އަދި އާއްމު ހާލަތުގައި އޮޕަރޭޝަންސް ކުރިޔަށް ގެންދާނެގޮތުގެ އުސޫލުތައް އެކުލަވާލުމާއި މޮނީޓަރކުރުމާއި އެކު، ޚިދުމަތް މެދު ނުކެނޑޭނެ ނިޒާމަކަށް އިދާރާގެ ކަރަންޓާއި، ފެނާއި، މުއާސަލާތީ ނިޒާމު، އަލިފާން ނިންވުމާއި، ހެޒާރޑަސް ކެމިކަލާއި ގޭހުގެ ނުރައްކަލާގުޅޭ ކަންކަމާއި، މެޑިކަލް ކޮންސިއުމަބަލްގެ ސަޕްލައި، މެޑިކަލް ޑްރަގްސްގެ ސަޕްލައި، ސާމްޕަލާއި އެނޫންވެސް މެޑިކަލް ތަކެތި ޓްރާންސްޕޯރޓް ކުރުމާއި، ކުނި ނައްތާލުމާއި އަދި އެކި ހާދިސާތަކާއި ކާރިސާތަކުގައި އިދާރާގެ މުވައްޒަފުން ހަރަކާތްތެރިވާނެ ގޮތާއި، ކޮމިއުނިކޭޝަން ޕްލޭން ހަމަޖައްސައި މުވައްޒަފުން ތަމްރީންކޮށް އަހުލުވެރިކޮށް، އެފަދަ ހާލަތްތަކާ ގުޅޭ ކަންކަމުގައި އެހެނިހެން އިދާރާތްތަކާއި އަދި އިންޓަރނަލީ ވެސް އިސްކޮށް ވިލަރެސް ކުރުމުގައި ހަރަކާތްތެރިވުން.
- ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސާރވިސަސް ހަވާލުކުރާ އެހެނިހެން ފަންނީ އަދި އިދާރީ މަސައްކަތްތައް ފުރިހަމަކުރުން.
- ޞިއްޙީ ޚިދުމަތްދިނުމާއި އަދި ޞިއްޙީ ޚިދުމަތްތެރީންގެ ޤާނޫނުތަކާއި އަދި ޤަވާޢިދުތަކުގައި، ޞިއްހީ ޚިދުމަތް ތެރިންނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާކަމަށް ކަނޑައަޅާފައިވާ، މެޑިކަލް ލައިސަންސް، ޕްރެކްޓިސް ލައިސަންސް އަދި ރަޖިސްޓްރީ މިނިސްޓްރީ އޮފް ހެލްތާއި އަދި ކަމާބެހޭ އިދާރާތްތަކާއި އަދި ކައުންސިލްތަކުގައި ކުރުމާއި، ސާރވިސް ލިސްޓް އަދާހަމަކުރުން ފަދަ މަސައްތައްކުރުމަށް ބޭނުންވާ ނިޒާމެއް އެތެރޭގައި ޤާއިމުކޮށް ދުރާލާ ލައިސަންސްތަކާއި ރަޖިސްޓްރީ އަދި ހުއްދަތައް ހޯދުން. މީގެ ތެރޭގައި ބިދޭސީ ޚިދުމަތްތެރީންނަށް ބޭނުންވާ ރެކްރޫޓްކުރުމުގެ މަސައްކަތް އަދި އެމްޕްލޯއިމަންޓަށް ބޭނުންވާ ކަންކަން ވިލަރެސްކޮށް ވަގުތުން ވަގުތައް ފުރިހަމަކޮށް ނިންމުން.
|
|
މަޤާމުގެ ޝަރުތުތައް
|
- މާޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން . އަދި މަޤާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. އަހި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ދާއިރައެއްގައި މަސައްކަތްކޮށްފައިވުން
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން
|
|
ތަޢުލީމީ ރޮނގުތައް:
- އެޑްމިނިސްޓްރޭޝަން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމެންޓް
- މެނޭޖްމެންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން
- ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
- ހެލްތް އެޑްމިނިސްޓްރޭޝަން
- ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް ހެލްތް އެޑްމިނިސްޓްރޭޝަން
- ހޮސްޕިޓަލް މެނޭޖްމަންޓް
- ހެލްތް ސަރވިސަސް މެނޭޖްމަންޓް
- ހެލްތް ކެއަރ މެނޭޖްމަންޓް
- ހެލްތް މެނޭޖްމަންޓް
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމެންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
މަޤާމުގެ ކޯ ޑިސިޕްލިން: ނެތް
|
|
|
ގުޅޭ ވަޒީފާގެ ދާއިރާ
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
|
އަސާސީ ޝަރުޠު ހަމަވުން
|
30
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
|
5
|
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް
|
5
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
5
|
|
އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
|
15
|
|
ޕްރެޒެންޓޭޝަން
|
10
|
|
އިންޓަރވިއު
|
30
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 10ޑިސެންބަރ 2025 ވާ ބުދަ ދުވަހު 13:30 ގެ ކުރިން [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
|
ޝޯޓް ލިސްޓް ކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 ޑިސެންބަރ/ޖަނަވަރީ މަހުގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ވަޒީފާއަށް ކުރިމަތިލީ
ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|