މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހާއި ގުޅޭ

އިޢުލާން            

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މަސްރޭހާއި ގުޅޭ

 

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްރޭހެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މި މަސްރޭސް އޮންނާނީ 2025 ޑިސެމްބަރ 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 7:00 އިން ހަވީރު 17:00 އަށެވެ.

މިރޭހުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2025 ޑިސެމްބަރ 09 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އެކަމަށް އެދޭ ފޯމު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި އަދި މުބާރާތުގެ އުސޫލު "މަސްބޭނުމުގެ މުބާރާތާއި ބެހޭ އުޞޫލު –3/2025/299" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއިއެކު މުބާރާތަށް އެދޭ ފޯމު އާއްމުކުރެވިފައިވާނެއެވެ. ފޯމު އީމެއިލް ކުރައްވާނަމަ، ލިބުނުކަން ކަށަވަރު ކުރުމަކީ، ފޯމު ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.

އަދި މިމުބާރާތް ސްޕޮންސަރ ކުރެއްވުމަށާއި، އެކިވަނަތަކަށް އިނާމް ހުށަހެޅުއްވުމުގެ ފުރުސަތު 2025 ޑިސެމްބަރ 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައިވެސް ދެންނެވީމެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާއަށް ގުޅުއްވުމަށް ދަންނަވަމެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 4000299 ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

03 ޑިސެންބަރު 2025
ހޯދާ