ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލުން ރަށުގެ މަގުތަކުގައި 100 ހޮޅި ދަނޑި ޖެހުމާއި 100 ހޮޅި ދަނޑީގައި ދަވާދުލުމާއި 76 ސޯލާ ލައިޓް ރަށުގެ ގޯޅިތަކުގައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ކައުންސިލް މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަންބޭނުންވެއްޖެއެވެ.
- ރަށުގެ ގޯޅިތަކުގައި ކައުންސިލުން އަންގާ ގޮތެއްގެމަތިން 76 ސޯލާ ލައިޓް ހަރުކުރުން
- ކައުންސިލުން އަލަށް ޖެހުމަށް ނިންމާފައިވާ 100 ހޮޅި ދަނޑި ކައުންސިލް އަންގާގޮތަކަށް ކޮންކުރީޓް ބުޑު އަޅާ ހަރުކުރުން
- 100 ހޮޅި ދަނޑީގައި ރެޑްއޮޒްސައިޑާއި ދަވާދު ލުން
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއި އެޓޭޗްކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު އެގޭނެގޮތަށް (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިމިވާ މެއިލްއަށް ކޯޓޭޝަން ފޮނުވުމަށް އެދެމެވެ.
މެއިލް އެޑްރެސް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9665339 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
ރަށުގެ މަގުތަކުގައި 100 ހޮޅި ދަނޑި ޖެހުމާއި 100 ހޮޅި ދަނޑީގައި ދަވާދުލުމާއި 76 ސޯލާ ލައިޓް ރަށުގެ ގޯޅިތަކުގައި ކައުންސިލުން އަންގާ ގޮތަކަށް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ މަޢުލޫމާތު ކަރުދާސް
|
ÿ ޕްރޮޖެކްޓްގެ ނަން: |
ރަށުގެ މަގުތަކުގައި 100 ހޮޅި ދަނޑި ޖެހުމާއި 100 ހޮޅި ދަނޑީގައި ދަވާދުލުމާއި 76 ސޯލާ ލައިޓް ރަށުގެ ގޯޅިތަކުގައި ކައުންސިލުން އަންގާ ގޮތަކަށް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން |
|
ÿ އިޢުލާން ނަންބަރު: |
IUL) 290ADMIN/290/2025/78 |
|
ÿ އިޢުލާން ތާރީޚް: |
02 ޑިސެންބަރު 2025 |
|
ÿ ކޯޓޭޝަން ހުށަހެޅުމުގެ މުއްދަތު |
07 ޑިސެންބަރު 2025 ވާ އާދީއްތަ ދުވަހު 13:30ގެ ކުރިން އީ-މެއިލް މެދުވެރިކޮށް |
މަޢުލޫމާތު ކަރުދާސް
1- ތަޢާރަފް
މިއީ، މިރަށުގެ ބަނދަރުގައި ސޯލާ ހަރުކުރުމަށް މި ކައުންސިލުން ފޯރުކޮށްދޭ ސޯލާ ލައިޓްތައް، ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ބަނދަރުގައިހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 4 ޑިސެންބަރު 2025 ގައި ކުރި މި އިދާރާގެ ނަންބަރު IUL) 290ADMIN/290/2025/78 އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާހެވެ.
2 މަސައްކަތުގެ ތަފުސީލު
2.1 100 ހޮޅިދަނޑީގައި ރެޑްއޮޒްސައިޑާއި ދަވާދުލުން (ކައުންސިލުން ދަވާދު އަދި ރެޑްއޮޒްސައިޑް ފޯރުކޮށްދިނުމުން)
2.2 100 ހޮޅި ދަނޑި ގައި ކޮންކުރީޓް ބުޑުއަޅާ ކައުންސިލުން އަންގާ ތަންތާގައި ހޮޅި ދަނޑިތައް ހަރުކުރުން
2.3 ކައުންސިލުން ފޯރުކޮށްދޭ 76 ސޯލާ ލައިޓް ކައުންސިލުން އަންގާ ތަންތަނުގައި ހަރުކޮށްދިނުން
3 ސަމާލުކަމަށް
3.1 މަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުން ފޯރުކޮށްދިނުމުން، މި މަސައްކަތަށް ބޭނުންވާ މީހުން ހޯދައިގެން މަސައްކަތް ކޮށް ނިންމުން.
4 ތަކެތި ހޯދުން
4.1 މި މަސައްކަތަށް ބޭނުންވާ މީހުން ހޯދުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.
5 މައުލޫމާތު
5.1 ކޯޓޭޝަނުގައި މަސައްކަތް ކޮށްދޭނެ އަގާއި މުއްދަތުގެ ތަފްސީލް ހިމަނާފައި އޮންނަށްވާނެއެވެ. އަގު ހުށަހަޅާނީ ޖީއެސްޓް ހިމެނޭނަމަ ޖީއެސްޓީ ހިމަނައިގެންނެވެ.
5.2 މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުންނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، އަދި އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
5.3 މަސައްކަތް ހަވާލުކުރެވޭނީ މި މަސައްކަތް ކުރުމަށް އެންމެ ކުޑަ އަގު އަދި އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށެވެ.
5.4 ހުށަހަޅާ ކޯޓޭޝަންގެ ވެލިޑިޓީގެ ގޮތުގައި މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
6 ހުށަހަޅާ ކޯޓޭޝަންތަކަށް މާކްސް ދެވޭނެގޮތް
|
# |
ތަފްސީލް |
އަދަދު |
|
1 |
މަސައްކަތުގެ ޖުމުލަ އަގު (ޖީއެސްޓީ ހިމެނޭނަމަ ހިމަނައިގެން) |
90% |
|
2 |
މަސައްކަތް ނިންމަން ހުށަހަޅާފައިވާ މުއްދަތު |
10% |
- އެޑްވާންސް ފައިސާ އަދި އެޑްވާންސް ފައިސާގެ ގެރެންޓީ
7.1 މި ޕްރޮޖެކްޓަށް އެޑްވާންސް ފައިސާ ދޫކުރުމަށް ހަމަޖެހިފައެއް ނުވެއެވެ.
- އެއްބަސްވުމުގައި ސޮއި ކުރުން
8.1 އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ދޫކޮށްލައިފިނަމަ ނުވަތަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ފުރިހަމަނުކޮށް މަސައްކަތް ދޫކޮށްލައިފިނަމަ ދައުލަތުގެ މާލިޔަތުގެ ޤަވާއިދު 10.76 ގައި ބަޔާންކޮށްފައިވާ ގޮތުން މަތިން ފިޔަވަޅުއެޅޭނެއެވެ.
- ޖޫރިމަނާ ކުރުމާއި އެގްރީމެންޓް ބާތިލް ކުރުން
9.1 އެގްރިމެންޓްގައިވާ މުއްދަތަށް މަސައްކަތް ނުނިމޭނަމަ ދައުލަތުގެ މަލިޔަތު ޤަވާއިދުގެ 10.71 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން ލިކުއިޑޭޓަޑް ޑެމޭޖަސް ކެނޑޭނެއެވެ.
- މަސައްކަތުގެ ފައިސާ ދިނުން
10.1 މި މަސައްކަތުގެ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތް އެއްކޮށް ނިމުމުން މަސައްކަތާ ހަވާލުވި ފަރާތުން ކައުންސިލަށް ބިލް ހުށަހެޅުމުން 15 ދުވަސްތެރޭ ފައިސާ ޖަމާކޮށްދޭން ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅައިގެން މަސައްކަތާއި ޙަވާލުވި ފަރާތުގެ އެކައުންޓަށެވެ.
