ދިވެހިރާއްޖެ
ބިދޭސީ ޓީޗަރުން ދިރިއުޅޭނެ ކޮޓަރި ކުއްޔަށް ހިފުން 
2016 ވަނަ އަހަރު މި މަދަރުސާގައި މަސައްކަތް ކުރައްވާނެ ބިދޭސީ މުދައްރިސުން ތިބުމަށްޓަކައި، މާލެ ނުވަތަ ވިލިނގިލިން ކޮޓަރި ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. އެއް ޢިމާރާތަކުން 7 ކޮޓަރި ދެވެން ނެތް ނަމަ މިދަންނަވާ ގޮތަށް ވެސް ކޮޓަރި ކުއްޔަށް ހިފަން ބޭނުންވެއެވެ.
- ވަކިވަކިން ހުރި 7 ކޮޓަރި (ކައްކައި ކައި، ދޮވެ އިސްތިރިކުރެވޭގޮތަށް)
- 2 ކޮޓަރީގެ 3 އެޕާޓްމެންޓް (ކައްކައި ކައި، ދޮވެ އިސްތިރިކުރެވޭގޮތަށް)
- 3 ކޮޓަރީގެ 2 އެޕާޓްމެންޓް (ކައްކައި ކައި، ދޮވެ އިސްތިރިކުރެވޭގޮތަށް)
| 
 މަޢުލޫމާތު ސާފުކޮށްދިނުން  | 
 އަންދާސީހިސާބު ބަލައިގަތުން  | 
| 
 18 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 10:15ން 10:30 އާ ދެމެދު  | 
 23 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10.15 އަށް  | 
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢޫލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401، 3328072 ނަންބަރު ފޯނަށެވެ.
26 މުޙައްރަމް 1437
