ދިވެހިރާއްޖެ
ނަންބަރ: (IUL)406-esms-a/INDIV/2025/46
އިޢުލާން
އިމާމްވެ ޙިފްޘްކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުމާއި ގުޅޭ
1447 ވަނަ އަހަރުގެ ރަމަޟާން މަހު މިރަށު ހުކުރު މިސްކިތް (މަސްޖިދުއްޝައިޙް އާދަމް ސަޢީދު) ގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދަން ބޭނުންވާތީ ، އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ބޭނުންވާ ޙާފިޡުންނަށް ފުރުސަތު ހުޅުވާލަމެވެ.
މިގޮތުން އިމާމްވެ ހިފްޡްކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށް ލިޔުންތަކާއި އެކު 15 ޑިސެންބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިގޮތުން ދިވެހި ހާފިޡުން ހުށަހަޅާނީ :
- ދިވެހި ހާފިޡުން ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހުއްދަޔަށް އެދޭފޯމް
އަދި ރާއްޖެއިންބޭރުގެ ޙާފިޡުން ހުށަހަޅާނީ
- ރާއްޖެއިން ބޭރުގެ ޙާފިޡުން ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރުމަށް ހުއްދަޔަށް އެދޭ ފޯމް.
މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ.
އެލެވެންސް:
- އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރައްވާ ދިވެހި ޙާފިޡަކަށް ކޮންމެ ރެއަކަށް500.00 ރ (ފަސްސަތޭކަ ރުފިޔާ)
- އިމާމްވެ ޙިފަޡުކޮށް ތަރާވީޙް ނަމާދު ކުރައްވާ ބޭރުގެ ޙާފިޡަކަށް ކޮންމެ ރެއަކަށް 200.00ރ (ދުއިސައްތަ ރުފިޔާ)
މީގެ އިތުރުން މިކައުންސިލުން ރަށުން ބޭރުން އަންނަ ދިވެހި އަދި ބޭރުގެ ޙާފިޡުންގެ ހުރުމާއި ކެއުން ހަމަޖައްސައި ދެވޭނެއެވެ. އަދި ރައްޖެއިން ބޭރުން އަންނަ ބޭރުގެ ޙާފިޡަކަށް ދެކޮޅު ޓިކެޓް އަދި ވިސާ ހަމަޖައްސައިދެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޖުމާދުލްއާޙިރާ 1447
02 ޑިސެންބަރު 2025
