މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޯލާ ރޯޑު ލައިޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން

ސޯލާ ރޯޑު ލައިޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން

    ސޯލާ ރޯޑު ލައިޓް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  

    ވީމާ، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން

  • މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޑިސެމްބަރ 07 ވާ އާދިއްތަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.

މައުލޫމާތު

  • މަޢުލޫމާތު ޝީޓު މިއިޢުލާނާއި އެކު އެއްހީރަސް ކުރެވިފައިވާނެއެވެ.

އަގު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ޑިސެމްބަރ 11 ވާ ބުރާސްފަތިދުވަހު 11:00ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގު ޝީޓު ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް([email protected]) އަށް މެއިލް ކުރައްވަންވާނެއެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.

ޕޮއިންޓް ދޭނެ އުސޫލު

ހުށަހެޅުމަށް ޕޮއިންޓް ދިނުން

  • މި މަސައްކަތް ހަވާލުކުރާނީ ހުށަހަޅުއްވާ ބީލަންތަކުގެ ތެރެއިން އެންމެ މަތީން ޕޮއިންޓް ލިބޭ ބީލަން ހުށަހެޅުއްވި ބަޔަކަށެވެ.
  • ޕޮއިންޓު ދޭން ކަނޑައަޅައިފައިވާ އުސޫލު:

 

                  ތަފުސީލު

         ޕޮއިންޓު

އަގު

  • ސަޕްލައިކޮށްދޭން ހުށަހަޅާ ޖުމުލަ އަގު

        80

ވޮރަންޓީ

  • މަދުވެގެން 3 (ތިން) އަހަރު ދުވަސް
  • ވޮރަންޓީ މުއްދަތު 3 (ތިން) އަހަރު ދުވަހަށް ވުރެ އިތުރު ނަމަ، އިތުރު ވާ ކޮންމެ އަހަރު ދުވަހަކަށް އިތުރު 2.5 (އެއް) ޕޮއިންޓު.
  • މި ބަޔަށް ގިނަވެގެން ލިބޭނީ 5 (ފަސް) ޕޮއިންޓު.

        5

މުއްދަތު

  • ސަޕްލައިކޮށް ނިންމާން ހޭދަވާނޭ މުއްދަތު

        10

ފަންނީ ޤާބިލްކަން/ މަސައްކަތުގެ ތަޖުރިބާ

  • 2019 ވަނަ އަހަރުގެ ފަހުން، މި ބާވަތު، 50،000.00ރ. (ފަންސާސް ހާސް ރުފިޔާ) އަށް ވުރެ އަގު ކުޑަ ނޫން މަސައްކަތެއްކޮށް، ފުރިހަމަކޮށްފައިވާކަން ދަލީލުކޮށްދޭ ލިޔުން ހުށަހެޅުމުން، ހުށަހަޅާ ކޮންމެ ލިޔުމަކަށް 1 (އެއް) ޕޮއިންޓު.
  • މި ބައި ގައި ގިނަވެގެން ހިމެނޭނީ 5 (ފަސް) ލިޔުން.

        5

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 9555951 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

02 ޑިސެންބަރު 2025
ހޯދާ