ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާންމަހު ތ. ބުރުނީ މަސްޖިދު ބުރުނީގައި އިމާމުވެ ޙިފުޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡެއް ހޯދުމަށް ބޭނުންވާތީ، އިމާމުވެ ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލަމެވެ.
އިމާމުވެ ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމް ( " ދިވެހި ޙާފިޡުން ޙިފުޡުކޮށް އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް އެދޭ ފޯމް " ) ފުރިހަމަކޮށް ލިޔުންތަކާއި އެކު 2025 ޑިސެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް ނުވަތަ ހާޑްކޮޕީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބުސައިޓްއިން ޑައުންލޯޑްކުރެވޭނެއެވެ.
އުޖޫރަ ( އެލަވަންސް ) :
ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރައްވާ ކޮންމެ ރެއަކަށް -/500ރ ( ފައްސަތޭކަ ) ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން ރަށުން ބޭރުގެ ޙާފިޡުންގެ ހުރުމާއި ކެއުން މިކައުންސިލުން ހަމަޖައްސައިދެވޭނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
