ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ރަތްމަންދޫ، ދިވެހިރާއްޖެ. ނަމްބަރ: (IUL)362/362/2025/29
އިޢުލާނު
އެމް.ޓީ.ސީ.ސީ ގެ ފަރާތުން މިރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޑިޒައިން އެންޑް ބިލްޑް އޮފް ހާބަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ މަސައްކަތް ކުރުމަށް އަންނަ އެކުންފުނީގެ މުވައްޒަފުން ތިބުމަށް 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭގޮތަށް ހުރި ގެއެއް 3 މަސް ދުވަހަށް މިރަށުން ކުއްޔަށް ހިފުމަށް އެ ކުންފުނިން ބޭނުންވެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތަށް ހުރި ގެއެއް 3 މަސް ދުވަހަށް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން 2025 ޑިސެމްބަރ 09 ވަނަ ދުވަހުގެ 12:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާ ލިޔުމުގައި ކުއްޔަށް ދޭ ގޭގެ ނަމާއި މަތީގައި ދެންނެވިފައިވާ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް އަދި ބަދިގެއާއި ކާގޭގެ މިންތައް އެނގޭނެ ކުރެހުމެއް ހިމަނާފައި އޮންނަންވާނެއެވެ. އަދި ގެ ކުއްޔަށް ދިނުމަށް ލިޔުން ހުށަހަޅުއްވާ ފަރާތަކީ ކުއްޔަށް ދޭ ގޭގެ ވެރިފަރާތް ކަމުގައި ނުވާނަމަ ގެ ކުއްޔަށް ދިނުމަށް ގޭގެ ވެރިފަރާތުން އިޢުތިރާޟު ނުކުރާކަމުގެ ލިޔުންވެސް ހުށަހަޅަން ވާނެއެވެ.
12 ޖުމާދަލްއާޚިރާ 1447
02 ޑިސެމްބަރ 2025
